ފުޓްބޯޅަ އެސޯސިއޭޝަނުގައި ހަރަކާތްތެރި، ދާއިމީ އެގްޒެކެޓިވް ކޮމިޓީއެއް އޮތުމަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އެހީދޭން އެޅޭނެ ބާރެއް ކަމަށާއި އެގޮތުން ރާއްޖެ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އޭއެފްސީ ދެމި އޮންނާނެ ކަމަށް އެ ޖަމިއްޔާގެ ރައީސް ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ ވިދާޅުވެއްޖެ އެވެ.
20 ނޮވެމްބަރ 2016
ފުޓްބޯޅަ އެސޯސިއޭޝަނުގައި ހަރަކާތްތެރި، ދާއިމީ އެގްޒެކެޓިވް ކޮމިޓީއެއް އޮތުމަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އެހީދޭން އެޅޭނެ ބާރެއް ކަމަށާއި އެގޮތުން ރާއްޖެ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އޭއެފްސީ ދެމި އޮންނާނެ ކަމަށް އެ ޖަމިއްޔާގެ ރައީސް ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެެއްގައި މިއަދު ރާއްޖެ ވަޑައިގެން އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ މިއަދު އަލަށް އިންތިހާބުވި އެފްއޭއެމްގެ އެކްސްކޯ އަށް މަރުހަބާ ވިދާޅުވެ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އުއްމީދުތަކެއް ދެއްވައިފަ އެވެ.
"އެފްއޭއެމްގެ އާ ރައީސަށް އަދި އާ އެގްޒެކެޓިވް ކޮމިޓީއަށް ހޫނު ތަހުނިޔާއެއް ކިޔަން. ރާއްޖޭގެ ފުޓްބޯޅަ ލޯކަލީ އަދި އިންޓަނޭޝަނަލީ ކުރިއަރުވަން އޭއެފްސީ އޮންނާނީ އެ ފަރާތްތަކާ އަތާ އަތް ގުޅުވައިގެން،" ޝެއިޚް ސަލްމާން ވިދާޅުވި އެވެ.
ޝެއިޚް ސަލްމާން މިއަދު އެފްއޭއެމްގެ އާ ރައީސް ބައްސާމްއާ ސަލާމްކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމަނިކުފާނު ވިދާޅުވީ އޭއެފްސީގެ މައިގަނޑު ފޯކަސް އަކީ އޭޝިއާގެ ފުޓްބޯޅަ މަތީ ފެންވަރަކަށް ގެންދިއުން ކަމަށާއި އެ މަސައްކަތުގެ އެންމެ މުހިއްމު އެއް ބަޔަކީ ކުދި ގައުމުތައް ކުރިއެރުވޭނެ ގޮތްތައް ހޯދުން ކަމަށެވެ.
"އޭޝިއާގައި އެބަތިބި އެގޮތުން ނަމޫނާ ނެގިދާނެ ފަދަ ގައުމުތައް. ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ވަނީ އެހެން ބައެއް ގައުމުތަކަށް ވުރެ، ފުޓްބޯޅަ ކުރިއެރުވުމުގައި ކުރިއަށް ފިޔަވަޅުތަކެއް އަޅާފައި. އޭއެފްސީގެ ޒިންމާއަކީ އެކަންކަން ހާސިލްކޮށްދިނުމަށް މަގުފަހިކޮށްދިނުން. އޭއެފްސީގެ އެޑްމިނިސްޓްރޭޝަން އޮންނާނީ އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި އެކަން ހާސިލްކޮށްދޭން ތައްޔާރަށް،" ފީފާގެ ކައުންސިލް މެމްބަރު ޝެއިޚް ސަލްމާން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެކި ގައުމުތަކުގެ ބޭނުންތައް ތަފާތުވާނެ ކަމަށާއި އެގޮތުން ޓެކްނިކަލް އެހީތަކާއި ކޯޗުންނާއި ރެފްރީންނާއި ޔޫތު ޑިވެލޮޕްމަންޓް އަދި ލީގު ކުރިއެރުވުމަކީ އޭއެފްސީން ސަމާލުކަންދޭ ކަންކަން ކަމަށެވެ.
"އޭއެފްސީގެ އެހީތެރިކަން މިފަދަ ކަންކަމުގައި ލިބޭނެ. ހާއްސަކޮށް ހަރަކާތްތެރި ފުޓްބޯޅަ އެސޯސިއޭޝަނެއް އޮވެ އަދި އެ އެސޯސިއޭޝަނަކީ އިސްނަގައިގެން ކުރިއަށްދާން މަސައްކަތްކުރާ ބަޔެއް ނަމަ އެއީ އޭއެފްސީން އެހީދޭން އިތުރަށް ހިތްވަރު ލިބޭނެ ކަމެއް،" ޝެއިޚް ސަލްމާން ވިދާޅުވި އެވެ.
ޝެއިޚް ސަލްމާން (ކ) އަށް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު މިއަދު މަރުހަބާ ދަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމަނިކުފާނު އެގޮތަށް ވިދާޅުވި އިރު، މިދިޔަ ތިން އަހަރު އެފްއޭއެމްގެ އެތެރޭގެ މައްސަލަތައް ދިމާވެ ދާއިމީ އެކްސްކޯއެއް ނެތި ގިނަ ދުވަސްތަކެއް ދިޔަ އެވެ.
ޝެއިޚް ސަލްމާނަށް މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންވެނީ ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެކްސްކޯގެ މެމްބަރުންނެވެ.
ޝެއިޚް ސަލްމާން ވަނީ ދިވެހިރާއްޖޭގެ ފުޓްބޯޅައާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓަރާ މަޝްވަރާކޮށްފަ އެވެ. އެގޮތުން ރާއްޖޭން ކުރިއެރުން ހޯދަމުން އަންނަ ކަމަށާއި ދެރަ ނަތީޖާތައް ލިބުނަސް މާޔޫސްވާން ނުޖެހޭ ކަމަށާއި އޭގެން ފިލާވަޅު ނެގުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
ޝެއިޚް ސަލްމާންގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެފްއޭއެމް ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު
ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި
މި ބުރަތައް ނޯމަލައިޒޭޝަން ކޮމިޓީއަށް އުފުލިދާނެ ބާ؟
އެފްއޭއެމް ނޯމަލައިޒް ކުރަން ފީފާއިން ނިންމައިފި
އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފާ ސަރުކާރުން ހޯދަނީ
ފީފާ އިން ގޮތެއް ނުނިންމާ، ހާލަތު ބަލަނީ
އެފްއޭއެމް ވާނުވާގައި: އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތަ؟