ނެޓްފްލިކްސްއާ ގުޅިގެން ގިނަ ރަހަތަކެއް އެކުލެވޭ ގޮތަށް ވެރައިޓީ ޝޯއެއް ގެނެސްދޭން، މަޝްހޫރު އެކްޓަރު ވިލް ސުމިތު ތައްޔާރުވާން ފަށައިފި އެވެ.
19 ޖޫން 2021
ނެޓްފްލިކްސްއާ ގުޅިގެން ގިނަ ރަހަތަކެއް އެކުލެވޭ ގޮތަށް ވެރައިޓީ ޝޯއެއް ގެނެސްދޭން، މަޝްހޫރު އެކްޓަރު ވިލް ސުމިތު ތައްޔާރުވާން ފަށައިފި އެވެ.
ވެރައިޓީ ނޫހުން ބުނި ގޮތުގައި މި ޝޯ އަކީ ވިލް ޕްރޮޑިއުސްކޮށް، ހޯސްޓް ވެސް ކުރާނެ ޝޯއެކެވެ. އެ ގެނެސްދޭން ނިންމާފައި ވަނީ އޭނާގެ ކުންފުނި ވެސްޓްބްރޫކް ސްޓޫޑިއޯސް އާއި ނެޓްފްލިކްސް ގުޅިގެންނެވެ. މައިގަނޑު ގޮތެއްގައި ކޮމެޑީ ހިމެނޭ ގޮތަށް މެހުމާނުންގެ ގޮތުގައި ސެލެބްރިޓީން ވެސް ބައިވެރިކޮށްގެން އެޕިސޯޑެއް ގަޑިއެއްހާ އިރަށް ގެނެސްދޭ ނިންމާފައިވާ ޝޯ އިން ކޮމެޑީ ސްކެޗާއި މިއުޒިކަލް ޕަފޯމަންސްތަކާއި ސެލެބްރިޓީންނާ އެކު އިންޓަވިއުތައް ވެސް ގެނެސްދޭނެ އެވެ.
މި އަހަރުގެ ފަހުކޮޅު ސްޓްރީމްކުރަން އަމާޒު ހިފާފައިވާ ޝޯގެ ނަމާއި މިއީ ކިތައް އެޕިސޯޑަށް ގެނެސްދޭނެ އެއްޗެއް ކަމަށް އަދި ސާފެއް ނުވެ އެވެ. ނަމަވެސް މީގެ ތެރެއިން ވިލްގެ ހޯސްޓްގެ ހުނަރު ވަރަށް ބޮޑަށް ފެންނާނެ ކަމަށާއި އޭނާ އަކީ އަބަދު ވެސް ތަފާތު އެކި ހުނަރުތައް ދައްކާލާ ފަންނާނަކަށްވާތީ ވެެރައިޓީ ޝޯ ވެސް ވާނީ ބެލުންތެރިން ވަރަށް ގަޔާވާނެ އެއްޗަކަށް ކަމަށް ވެރައިޓީ ނޫހުން ބުންޏެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ވިލް، 52، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބޭޑް ބޯއިސް ފޯ ލައިފް" އެވެ.
ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކިންގް ރިޗަޑް" އާއި "އަލައްދިން 2" ހިމެނެ އެވެ.
ޓްރެއިލާ އިން "ރެޑް ނޯޓިސް" ގެ ބާރު ދައްކާލައިފި
ރަޔަން ނެޓްފްލިކްސްގެ ފިލްމެއް ލިޔެ، ކުޅެނީ
ވިލް ސުމިތާއި ކެވިން ހާޓަށް ރިމޭކެއް
ނެޓްފްލިކްސްގެ "ކައުންސިލް" އަށް ވިލް ސުމިތު
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި
ސިދޫ އެނބުރި ކަޕިލް ޝޯއަށް
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނޮވެމްބަރު 26 ގައި
ޕެން ބޭޖްލީ "ކަހޯނާ ޕިޔާރު ހޭ"އަށް ނަށަނީ؟
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
އޮސްކާގެ އުއްމީދު "ލާޕަތާ ލޭޑީސް"އަށް ނާކާމިޔާބުވެއްޖެ