Roadha Mihaaru
ހިޔާ ފްލެޓް އަޅަން ދިނީ ބޮޑު އަގު ހުށަހެޅި މީހުންނަށް

ހިޔާ ފްލެޓް އަޅަން ހަވާލުކުރީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް

17 ޖޫން 2021

ހުޅުމާލޭ ދެ ވަނަ ފޭސްގައި ހިޔާ މަޝްރޫއުގެ ފްލެޓް އަޅަން ހަވާލުކުރި ކުންފުންޏަކީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވެރިކަން ފާޅުކޮށް ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ދެ ވަނަ ފޭސްގައި ހިޔާ މަޝްރޫއުގެ ފްލެޓް އަޅަން ހަވާލުކުރި ކުންފުންޏަކީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވެރިކަން ފާޅުކޮށް ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ހިޔާ މަޝްރޫއުގެ އަގުތަކުގެ ތަފްސީލް ދޭން އެޗްޑީސީއާ ގުޅިގެން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ޗައިނާގެ އެހެން ކުންފުނިތަކާއި އެކި ގައުމުތައް ހިމެނޭ ގޮތަށް އެ މަޝްރޫއު ހިންގަން ފަސް ކުންފުންޏަކުން ބިޑް ހުށަހެޅި ކަމަށެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި އެ މަޝްރޫއު ހިންގުމަށް ހަވާލުކުރި ކުންފުނި ފިޔަވައި އެހެން ހުރިހާ ކުންފުންޏަކުން ވެސް ޕްރޮޕޯސަލް އަގުކޮށްފައި ވަނީ ޔުނިޓެއް 50،000 ޑޮލަރު (771،000ރ) އާއި 52،000 ޑޮލަރު (801،840ރ.) އާ ދެމެދުގައި ކަމަށެވެ. ރާއްޖެއިން އެ މަސައްކަތް ހަވާލުކުރި ކުންފުނިން ހުށަހެޅި އަގަކީ ޔުނިޓެއް 62،000 ޑޮލަރުގެ ރޭޓަށެވެ. އެއީ 956،040ރ. އެވެ.

މި ޕާޓީ ނަގައިފަ ދެން އެންމެ ބޮޑުކޮށް އަގުކީ ޕާޓީ ވެސް 10000 ޑޮލަރު ހެޔޮ މިހާރު ހަވާލުކޮށްފައި އޮތް ފަރާތަށް ވުރެ. ޖުމްލަ ހުށަހެޅި ފަސް ޕާޓީގެ ތެރެއިން އެންމެ އަގު ބޮޑުކޮށް ހުށަހެޅި ޕާޓީއަށް ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތީ: މަބްރޫކް

މަބްރޫކް ވިދާޅުވީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް މަޝްރޫއު ހިންގަން ހަވާލުކުރީ ކޮން ގޮތަކަށް ބަލާފައި ކަމެއް ސާފު ނުވާ ކަމަށެވެ.

ބޮޑު އަގު ހުށަހެޅި ކުންފުންޏަކަށް ފްލެޓް އަޅަން ހަވާލުކުރުމުން އަކަފޫޓަކަށް 1،637ރ. ޖެހެ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި މާލޭގައި އެންމެ ރަނގަޅަށް ހަދާ އެޕާޓްމަންޓްތަކަށް ވެސް އަކަފޫޓަކަށް ޖެހެނީ 1،200 އެއްހާ ރުފިޔާ އެވެ.

ހިޔާ ފްލެޓްތަކުގެ އަގުތަކާ ގުޅޭ މައުލޫމާތު ދިނުމަށް އެޗްޑީސީ އާއި ރައީސް އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް (ކ) އަދި އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު--

ހިޔާ ފްލެޓްތަކުގެ އަގުތަކާ ގުޅޭ މައުލޫމާތު ދިނުމަށް އެޗްޑީސީ އާއި ރައީސް އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް (ކ) އަދި އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު--

ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އެޅުމަށް ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކުންފުންޏާ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތާ އެކު ފެނާއި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރަން ޖެހެ އެވެ. އެކަމަކު ފްލެޓްގައި ތަށިމުށި ޖެހުމާއި އެތެރޭގެ ދޮރުތައް ހަރުކުރުމާއި ބޮކި، ފަންކާ އާއި ބަދިގޭގެ ކެބިނެޓް ހެދުން ފަދަ މަސައްކަތްތަކެއް ނުހިމެނެ އެވެ. މި ފިނިޝިން މަަސައްކަތް ކުރަން ޖެހެނީ ފްލެޓް ލިބޭ މީހުންގެ އަމިއްލަ ހަރަދުގަ އެވެ.

ފްލެޓްތަކުގެ ކުލި ހިސާބުކުރަން، ކުރިން ހިސާބު ހަދާފައިވާ ގޮތާއި މިހާރު ހަދާފައިވާ ގޮތް

ބޮޑު ލޯނެއް ނަގައިގެން މި މަޝްރޫއު ހިންގާފައި ވާތީ އެ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި، ސާވިސް ޗާޖާ އެކު 8،500 ރުފިޔާ ނަގަން ސަރުކާރުން ނިންމާފައިވެ އެވެ، ކުރީ ސަރުކާރުން ބުނި ގޮތުގައި އޭރު ހެދި ހިސާބުތަކުން ދައްކަން ޖެހެނީ މަހަކު 5،600ރ. އެވެ. އެކަމަކު ކުލީގެ ގޮތުގައި ހެޔޮ އަގެއް އައިސްފައި ވަނީ ކުރިން ނުބައިކޮށް ހިސާބު ހަދާފައި އޮތުމުން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ތަފްސީލް ވެސް މިއަދުގެ ޕްރެސްގައި ދީފައިވެ އެވެ.