ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް އަންނަ މާޗް މަހު ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް އަންނަ މާޗް މަހު ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ 25 ބުރީގެ ޓަވަރުތަކުގައި މިހާރު ކުރަނީ ތަޅުން އެޅުމުގެ މަސައްކަތެވެ. އެއީ، ކުރަން ހުރި އެންމެ ފަހުގެ މަސައްކަތް ކަމަށާއި ކަރަންޓާއި ފެން ވައިރުކޮށް ފެބުރުއަރީގެ ނިޔަލަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތާ އެކު ޕާކިން އާއި ލޭންޑް ސްކޭޕިންގެ މަސައްކަތް އެބަދެ އެވެ.
"އެހެންވީމަ މި އުއްމީދުކުރަނީ ފެބުރުއަރީގެ ނިޔަލަށް ނިންމައި، މާޗް މަހު ފްލެޓްތައް ހަވާލުކުރެވޭނެ ކަަމަށް،" ސުހެއިލް ވިދާޅުވި އެވެ.
މި ސަރުކާރުން ކުރިން ނިންމީ ފިނިޝިން މަސައްކަތްތައް ވެސް ނިންމައި ފްލެޓްތައް ހަވާލުކުރާށެވެ. އެކަމަކު، އެކަމަށް ވަގުތު ނެގުމާއި ފްލެޓްތަކުގެ ކުލި ބޮޑުވާނެތީ ފަހުން ވިސްނުން ބަދަލުކުރީ ކުރީގެ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ފިނިޝިން ނުނިންމައި ފްލެޓްތައް ހަވާލުކުރުމެވެ.
ސުހެއިލް ވިދާޅުވި ގޮތުގައި ފިނިޝިން ނިންމަން ފްލެޓް ލިބޭ މީހުންނަށް މުއްދަތެއް ދޭނެ އެވެ. އެ މުއްދަތުގައި، ކުއްޔެއް ނުނަގާނެ ކަމަށް އެޗްޑީސީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރުން ބުނެފައި ވަނީ ދެ ކޮޓަރީގެ އެ ފްލެޓްތަކުގެ މަހު ކުލި 7،000ރ. އަށް ވުރެން ބޮޑު ނުވާނެ ކަމަށެވެ.
ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯ ޚާއްސަކޮށްފައި ވަނީ ވިޔަފާރިތަކަށެވެ. އަންނަ މަހުގެ ތެރޭގައި، އެތަންތަނަށް ކުރިމަތިލާން ވެސް އިއުލާން ކުރާނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތްކޮށްފައިވާ އިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.
މި މަޝްރޫއު އަށް ކުރީގެ ސަރުކާރުން ވަނީ ލޯނެއް ނަގައިފަ އެވެ. ޗައިނާގެ އެގްޒިމް ބޭންކުން 434 މިލިއަން ޑޮލަރުގެ އެ ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
"ހާލުގައި އުޅޭތީ" ލިބުނު ހިޔާ ފްލެޓްތައް ކުއްޔަށް!
ހިޔާ ފްލެޓް އަޅަން ދިނީ ބޮޑު އަގު ހުށަހެޅި މީހުންނަށް
ޕީޕީއެމް/ޕީއެންސީއަށް ހިޔާ ފްލެޓްތައް ދައްކާލަން އެދެފި
ފްލެޓް ކުލި 5،600ރ.އޭ ބުނަނީ ރަނގަޅަކަށް ނޫން
ފްލެޓްތައް ނިންމަން ދެން ލޯނެއް ނުނަގާނެ: އެޗްޑީސީ
ހުޅުމާލޭގެ ބްރިޖުތައް އެޕްރީލްގައި ނިމޭނެ: އެޗްޑީސީ
އެންމެ ބޮޑު ބަދަލު: ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން!
އެޗްޑީސީން ބޯހިޔާވަހިކަމުގެ ނަމުގައި އެއް ބިލިއަން ނެގި
ފްލެޓުގެ ބޮޑު މަޝްރޫއު ފެށުން ފަސްކޮށްފި