Roadha Mihaaru
ތިނަދޫން އިތުރު މަރެއް؛ ކޮވިޑް މަރު 200 އަށް

ތިނަދޫން އިތުރު މަރެއް؛ ކޮވިޑް މަރު 200 އަށް

16 ޖޫން 2021

ގދ. ތިނަދޫން އިތުރު މީހަކު ކޮވިޑް-19 ގައި މަރުވެ، ރާއްޖޭން އެ ބަލީގައި މަރުވި މީހުންގެ އަދަދު 200 އަށް އަރައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގދ. ތިނަދޫން އިތުރު މީހަކު ކޮވިޑް-19 ގައި މަރުވެ، ރާއްޖޭން އެ ބަލީގައި މަރުވި މީހުންގެ އަދަދު 200 އަށް އަރައިފި އެވެ.

ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި ގއ. ދާންދޫއަށް ނިސްބަތްވާ 79 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ރޭ ފަތިހު އެވެ.

އެ މީހާއަކީ އެހެން ބައްޔަކަށް ފަރުވާ ހޯދަން މިދިޔަ މަހުގެ 28 ވަނަ ދުވަހު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދިޔަ މީހެކެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވި ގޮތުގައި އެ މީހާ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރުމުގެ ކުރިން ނެގި ސާމްޕަލުންނެވެ. އެހެންވެ އެރަށުގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްގެން އެ މީހާއަށް ފަރުވާދޭން ފެށި ކަމަށް ސައީދު ވިދާޅުވި އެވެ.

އެ މީހާގެ މަރަކީ ކޮވިޑް މަރެއްގެ ގޮތުގައި އަދި އެޗްޕީއޭ އިންް އިއުލާނެއް ނުކުރެ އެވެ.

މިއީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކޮވިޑްގައި މަރުވި ދެވަނަ މީހާ އެވެ. ތިނަދޫން އެ ބަލީގައި ފުރަތަމަ މީހަކު މަރުވީ މީގެ ހަފްތާއެއް ކުރިންނެވެ.