Roadha Mihaaru
ތިނަދޫން ގެއްލިގެން ހޯދި މީހާ ނިޔާވެއްޖެ

ތިނަދޫން ގެއްލިގެން ހޯދި ދުވަސްވީ މީހާއަށް ފަރުވާ ދެނިކޮށް ނިޔާވެއްޖެ

02 ސެޕްޓެމްބަރ 2022

ގދ. ތިނަދޫން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ އަންހެން މީހާއަށް ފަރުވާ ދެނިކޮށް މިރޭ ނިޔާވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގދ. ތިނަދޫން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ އަންހެން މީހާއަށް ފަރުވާ ދެނިކޮށް މިރޭ ނިޔާވެއްޖެ އެވެ.

އެ ރަށު ކަސްޓަޑްއާގެ، ހައްވާފާނު (ހައްވަހަންތަ)، 80، ގެއްލިގެން ހޯދަން ފެށީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 3:45 އިން ފެށިގެންނެވެ. އޭނާ އެންމެ ފަހުން ފެނުނީ ތިނަދޫ މަފުށި ސަރަހައްދުންނެވެ.

އާއްމުންނާއި ފުލުހުން ނުކުމެ އޭނާ ހޯދަނިކޮށް އެ ރޭ ފެނުނީ މިއުޒިއަމް ޕާކު ކައިރިއަށް ވެއްޓިފައި އޮއްވަ އެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލާ ހަވާލައިދީ އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ހައްވާފާނު ވެއްޓުނީ ސްޓްރޯކެއް ޖެހިގެން ކަމަށެވެ. އޭނާ ފެނުމާއެކު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްވާފާނު ނިޔާވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާ ދިރިއުޅެނީ އާއިލާއާއެކުގަ އެވެ. ގެއްލިގެން ހޯދަން ފެށީ ގެއަށް ނައިސް ލަސްވާތީ އެވެ.