Roadha Mihaaru
ކޮވިޑް ޖެހިގެން ތިނަދޫން ފުރަތަމަ މަރު

ކޮވިޑް ޖެހިގެން ތިނަދޫން ފުރަތަމަ މަރު

03 ޖޫން 2021

ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި ބަލި މީހަކު މިއަދު މަރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި ބަލި މީހަކު މިއަދު މަރުވެއްޖެ އެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރޭ ފަތިހު މަރުވެފައި ވަނީ އުމުރުން 88 އަހަރުގެ ފިރިހެނެކެވެ.

އެ މީހާއަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ.

އެ މީހާ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަލިވެގެން ހޮސްޕިޓަލަށް ދެއްކުމުގެ ކުރިން ނެގި ސާމްޕަލަކުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ކޮވިޑް ޖެހިގެން ތިނަދޫން ފުރަތަމަ މީހަކު މަރުވިއިރު އެ މީހާއަކީ އިތުރު އެހެން ބަލިތައް ވެސް ހުންނަ މީހެއް ކަމަށް ވެ އެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 172 އަށް އެރީ އެވެ. މިއީ މިމަހު މަރުވި ދިހަ ވަނަ މީހާ އެވެ.