22 ނޮވެމްބަރ 2016
ދ. ކުޑަހުވަދޫގައި އަނިޔާވެެރި ގޮތަކަށް މަރާލި އެރަށު ސަމަންދަރު އަލީ ހަސަން (އައްޔުބެ) މަރާލުމުގައި އެހީތެރިވެ ދިން ކަމަށް ބުނެ، އައްޔުބެ އަށް ދޮން ކާފަ ކިޔާ އިބްރާހިމް ވަސީމްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ދ. ކުޑަހުވަދޫގައި އަނިޔާވެެރި ގޮތަކަށް މަރާލި އެރަށު ސަމަންދަރު އަލީ ހަސަން (އައްޔުބެ) މަރާލުމުގައި އެހީތެރިވެ ދިން ކަމަށް ބުނެ، އައްޔުބެ އަށް ދޮން ކާފަ ކިޔާ އިބްރާހިމް ވަސީމްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2012 ގައި ކުޑަހުވަދޫ ފަޅު ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އައްޔުބެ މަރާލި މައްސަލާގައި، ދައުލަތުން ދައުވާކުރި މީހުންގެ ތެރޭގައި އައްޔުބެ އަށް ދޮންކާފަ ކިޔާ އެރަށު މާވެލި، ވަސީމްގެ މައްޗަށް ދައުވާކުރީ އައްޔުބެ މަރާލުމުގައި އެހީތެރިވެ ދިން ކަމަށް ބުނެ އެވެ.
އައްޔުބެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ލައިގެން ތިބި ހެދުމާއި ހަތިޔާރުތައް ނައްތާލީ ވަސީމް ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ. އެކަމަކު ކޯޓުން ކުރި ހުކުމުގައިވަނީ އެކަން ވަސީމް ކުރިކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ.
އައްޔުބެ މަރާލުމުގައި އެހީތެރިވެދިން ކަމަށް ވަސީމް ވަނީ ކޯޓުގައި ކުރިން އެއްބަސްވެފަ އެވެ. އެކަމަކު އޭރު އޭނާގެ މައްޗަށް ކުރި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އަނބުރާ ގެންގޮސް ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވެދިން ކަމަށް ބުނެ އަލުން ދައުވާ އުފުލުމުން އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށް، އެކަން ނުކުރާ ކަމަށް ބުނެފަ އެވެ.
އައްޔުބެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ އިތުރު ދެ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކުރެ އެވެ. އެކަމަކު އެ މީހުންގެ މައްސަލަތައް އަދި ނުނިންމަ އެވެ.
އައްޔުބެ މަރާލުމުގައި ބައިވެރިވި ދެ ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން 2013 ގައި ވަނީ ހުކުމްކޮށްފަ އެވެ. އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވިޔަސް އައްޔުބޭގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރުމުން އެ ކުއްޖާ ބޮޑުވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމަންދެން އެ ދެ ކުދިން ޖަލުގައި ބައިތިއްބަން އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އޭގެ ތެރެއިން އެއް ކުއްޖަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން އިއްޔެ ވަނީ ނިންމާލައިފަ އެވެ.
އައްޔުބެގެ މަރު:މަރުގެ އަދަބު ނުދެވޭނެކަމަށް ނިންމައިފި
އައްޔުބެގެ މަރު: އިސްތިއުނާފް އަޑުއެހުންތައް ނިމުމަކަށް
މަރުގެ ހުކުމެއް ނިންމަން އޮތް ކުއްޖަކު ގެނބިގެން މަރު
އައްޔުބެގެ މަރުގައި ބައިވެރިވި ކުއްޖަކު އިސްތިއުނާފަށް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
ޝެފަކު މަރާލި މައްސަލާގައި މުހިންމު ހެކިން ނުހޯދުނު
ކުއްޖަކު އެއްލާލި މައްސަލަ ކުރިއަށް ގެންދަން ނިންމައިފި
ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި
ނައީމާ މަރާލުމުގެ ދެ މީހުން ދައުވާއަށް އިންކާރު