12 ޖޫން 2021
ބާކޫ (12 ޖޫން) - ޔޫރޯ 2020ގެ ގުރޫޕް އޭގައި މިރޭ ސްވިޓްޒަލޭންޑާއި ވޭލްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ބާކޫ (12 ޖޫން) - ޔޫރޯ 2020ގެ ގުރޫޕް އޭގައި މިރޭ ސްވިޓްޒަލޭންޑާއި ވޭލްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
އަޒަރުބައިޖާންގެ ބާކޫގައި މިރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ސްވިޓްޒަލޭންޑް އިން ލީޑު ނެގީ ބްރީލް އެމްބޯލޯ ޖެހި ލަނޑުންނެވެ. އެކަމަކު މެޗުގެ 74 ވަނަ މިނިޓުގައި ކިއެފާ މޯ ވަނީ ލަނޑު ޖަހައި، ވޭލްސް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މި ނަތީޖާއާމެދު ބޮޑަށް ހިތްހަމަޖެހޭނީ ވޭލްސް އެވެ. މުޅި މެޗަށް ބަލާއިރު، ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމާލަތައް އުފެއްދީ ސްވިޓްޒަލޭންޑުންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެމްބޯލޯ ސްވިޓްޒަލޭންޑަށް ލީޑު ހޯދައިދިނީ ޒެރްދާން ޝަކީރީ ކޯނަރަކުން ހުރަސްކޮށްލި ބޯޅަ ގޯލަށް އަމާޒުކޮށްލައިގެނެވެ.
ސްވިޓްޒަލޭންޑްގެ އެމްބޯލޯ އަތުން ބޯޅަ ހޯދުމަށް ވޭލްސްގެެ ބޭލް މަސައްކަތްކުރަނީ. -- ފޮޓޯ / އޭއެފްޕީ
މި ލަނޑަށް ފަހު، ވޭލްސް އިން ކުޅުން ރަނގަޅުކޮށް، މެޗުގެ ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރިތަން ފެނުނެވެ. ވޭލްސްގެ މަސައްކަތް ކާމިޔާބުވީ މެޗުގެ 74 ވަނަ މިނިޓުގައި މޯ ކާމިޔާބުކުރި ލަނޑުންނެވެ. ޖޯ މޮރެލް ހުރަސްކޮށްލި ބޯޅަ މޯ ބޮލުން ގޯލަށް އަމާޒުކޮށްލިއިރު، ސްވިޓްޒަލޭންޑްގެ ޑިފެންޑަރުންނަށް ތިބެވުނީ އޭނާ ދޫކޮށްލައިގެނެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ސްވިޓްޒަލޭންޑްގެ ފޯވަޑް މާރިއޯ ގަވްރަނޮވިޗް މެޗުގެ ފަހުކޮޅު ވޭލްސްގެ ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރް ބެލުމަށް ފަހު، އެ ލަނޑު އޮފްސައިޑް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މެޗުގެ ފަހުކޮޅު ސްވިޓްޒަލޭންޑް އިން ކުރިއަށް ޖެހި، ވޭލްސްގެ ޑިފެންސް ފޫއަޅުވާލުމަށް މަސައްކަތްކުރި ނަމަވެސް، ސްވިޓްޒަލޭންޑަށް ޖެހުނީ ޕޮއިންޓަކަށް ފުއްދާލާށެވެ.
ގުރޫޕް އޭގައި ރޭ ތުރުކީ އަތުން 3-0 އިން މޮޅުވެ މޮޅުވެ، އިޓަލީ އޮތީ ތާވަލްގެ އެއްވަނައިގަ އެވެ. ވޭލްސް އާއި ސްވިޓްޒަލޭންޑަށް ޕޮއިންޓެއް ލިބިފައިވާއިރު، ތުރުކީ އޮތީ ހުސްއަތާ ތާވަލްގެ ފުލުގަ އެވެ. -- އޭއެފްޕީ
ތަށީގެ ފޭވަރިޓް އިންގްލެންޑް ސެމީގެ ޖާގަ ހޯދައިފި
ސްކޮޓްލެންޑާ ޖެހި ސްވިޒަލެންޑަށް އިންތިޒާރު ދިގުވެއްޖެ
އުމުރުން 33 އަހަރުގައި ބޭލް ރިޓަޔާ ކުރީ ކީއްވެ؟
ވާދަވެރި ގުރޫޕުން އިންގްލެންޑާއި އެމެރިކާ ދެމިގެންފި
އިރާނަށް އުންމީދު، ފުރަތަމަ ރަތްކާޑް ވޭލްސްގެ ކީޕަރަށް
ލަނޑު ނުޖެހުނަސް ބޭލްއަށް ހާސްކަމެއް ނެތް
ޓީމް ޕްރޮފައިލް: ވޭލްސް
ވޭލްސް ޔޫރޯގެ ގަދަ އަށަކަށް
ވޭލްސް ބަލިކޮށް އިންގްލެންޑް ދެ ވަނަ ބުރާ ގާތަށް
ރުމޭނިއާއާ އެއްވަރުވެ ސްވިޒަލެންޑަށް އިތުރު އިންތިޒާރެއް