16 ޖޫން 2016
ލެންސް، ފްރާންސް (ޖޫން 16) - ބަދަލު ކުޅުންތެރިން ކަމަށްވާ ޖެމީ ވާޑީ އާއި ޑެނިއަލް ސްޓަރިޖުގެ ގޯލްތަކާ އެކު ފަހަތުން އަރައި ވޭލްސް 2-1 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގެ އެއް ވަނަ އަށް އަރައި ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އިންގްލެންޑް ބޮޑުކޮށްފި އެވެ.
ލެންސް، ފްރާންސް (ޖޫން 16) - ބަދަލު ކުޅުންތެރިން ކަމަށްވާ ޖެމީ ވާޑީ އާއި ޑެނިއަލް ސްޓަރިޖުގެ ގޯލްތަކާ އެކު ފަހަތުން އަރައި ވޭލްސް 2-1 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގެ އެއް ވަނަ އަށް އަރައި ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އިންގްލެންޑް ބޮޑުކޮށްފި އެވެ.
ފުރަތަމަ މެޗުން ސްލޮވާކިއާ އަތުން މޮޅުވި ވޭލްސް އަށް މިރޭ މޮޅުވެގެން ދެ ވަނަ ބުރަށް ދެވެން އޮތްއިރު އަދިވެސް އެ ފުރުސަތު ނުގެއްލެ އެވެ. އަނެއްކޮޅުން މިރޭ ބަލިވި ނަމަ ދެ ވަނަ ބުރުގެ ފުރުސަތު އިންގްލެންޑަށް ވަރަށް ހަނިވީހެވެ. އެކަމަކު ފުރަތަމަ މެޗުގައި ރަޝިއާއާ އެއްވަރުވި އިންގްލެންޑަށް މިހާރު ވަނީ އެ ފުރުސަތު ބޮޑުވެފަ އެވެ.
ހަތަރު ޕޮއިންޓާ އެކު އިންގްލެންޑް އެއް ވަނައިގައި އޮތްއިރު ތިން ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ދެ ވަނައިިގައި އޮތީ ވޭލްސް އެވެ. ތިން ޕޮއިންޓާ އެކު ތިން ވަނައިގައި ސްލޮވާކިއާ އޮތްއިރު ރަޝިއާ އޮތީ އެއް ޕޮއިންޓާ އެކު ފުލުގަ އެވެ. ފަހު މެޗުގައި ސްލޮވާކިއާ އަތުން އެންމެ ޕޮއިންޓެއް ހޯދައިގެން ވެސް އިންގްލެންޑަށް ގަދަ ދެ ޓީމުގެ ތެރޭ ހިމެނި ދެ ވަނަ ބުރަށް ދެވޭނެ އެވެ. ގަދަ ދެ ޓީމުގެ ތެރޭ ހިމެނިގެން ދެ ވަނަ ބުރަށް ދިއުމަށް ރަޝިއާ ބަލިކުރުން ވޭލްސް އަށް މަޖުބޫރެވެ. ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމު ދެ ވަނަ ބުރަށް ދާއިރު، ހުރިހާ ގްރޫޕަކުން ތިން ވަނަ ވަނަ ހޯދާ ހަ ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ވޭލްސް އަށް ލީޑު ނަގައިދިނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގަރެތު ބޭލް އެވެ. ފުރަތަމަ މެޗުގައި ސްލޮވާކިއާއާ ކޮޅަށް ހިލޭ ޖެހުމަކުން ލަނޑު ޖެހި ރެއާލް މެޑްރިޑުގެ ބޭލް އިންގްލެންޑް ކޮޅަށް 42 ވަނަ މިނެޓުގައި ވެސް ގޯލް ޖެހީ ހިލޭ ޖެހުމަކުންނެވެ. ހާފުގެ މެދަށް ވުރެ ތަންކޮޅެއް ކުރިން، އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ވަނީ އިނގިރޭސި ގޯލްކީޕަރު ޖޯ ހާޓުގެ އަތުގައި ވެސް ޖެހިފަ އެވެ.
އެކަމަކު ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ހޯދީ އިންގްލެންޑުންނެވެ. އެގޮތުން ހަ ވަނަ މިނެޓުގައި އެ ޓީމުގެ އެޑަމް ލަލާނާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ގޯލް ކުރިމަތީ ހުހަށް ހުރި ރަހީމް ސްޓާލިން އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލް މަތިންނެވެ. އޭގެ ފަހުން ކޯނަރަކުން ހުރަސްވި ބޯޅައެއް ޑިފެންޑަރު ކްރިސް ސްމޯލިން ބޮލުން ޖެހުމުން ގޯލަށް ނުވަދެ ދިޔައީ ކިރިޔާ އެވެ.
އިންގްލެންް ދެ ވަނަ ހާފު ފެށީ ފޯވާޑް ހެރީ ކޭންގެ ބަދަލުގައި ލެސްޓާ ސިޓީއާ އެކު ޕްރިމިއާ ލީގު މި ފަހަރު ކާމިޔާބުކުރި ވާޑީ އަދި ސްޓާލިންގެ ބަދަލުގައި ލިވަޕޫލުގެ ފޯވާޑް ސްޓަރިޖާ އެކު އެވެ.
އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ 56 ވަނަ މިނެޓުގައި ވާޑީ އެވެ. އޭރިއާ ތެރެއިން ސްޓަރިޖް ނެގި ހުރަސް، ވޭލްސްގެ އޭޝިލް ވިލިއަމްސްގެ ބޮލުގައި ޖެހިފައި ލިބުނީ ގޯލްކުރިމަތީ ހުހަށް ހުރި ވާޑީ އެވެ. އޭނާ ވަނީ ފަސޭކަމާ އެކު އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ. އެވަގުތު ވާޑީ އޮފްސައިޑް މަގާމެއްގައި ހުރި ނަމަވެސް އެ ބޯޅަ އަކީ ވޭލްސްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި އައި ބޯޅައަކަށް ވުމުން އޭނާ އޮފްސައިޑް ނުވާނެ އެވެ.
އިންގްލެންޑް މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ސްޓަރިޖް ޖެހި ލަނޑުންނެވެ. އިންގްލެންޑް ޓީމު އޯލް-އައުޓް އެޓޭކަށް އެރި ވަގުތު އޭރިއާ ތެރެއިން ލިބުނު ބޯޅަ، ވޭލްސްގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު އޭނާ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.
ވާދަވެރި ގުރޫޕުން އިންގްލެންޑާއި އެމެރިކާ ދެމިގެންފި
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ތަށީގެ ފޭވަރިޓް އިންގްލެންޑް ސެމީގެ ޖާގަ ހޯދައިފި
ދަރިއަކު ލިބޭތީ ގައުމީ ޓީމު ދޫކޮށް ފޮޑެން ރަށަށް
ސައުތުގޭޓަކީ އިންގްލެންޑަށް އެންމެ ރަނގަޅު ކޯޗު: ކޭން
އިންގްލެންޑަށް ކާމިޔާބު ވާނެ، ސިޓީއާ ދާދި އެއްގޮތް
ޔޫރޯއަށް އިންގްލެންޑުން ހޯދަނީ ގޮލްފް ކުޅެވޭނެ ހޮޓަލެއް
އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ބޮބީ ޗާލްޓަން މަރުވެއްޖެ