12 ޖޫން 2021
ޔޫރޯގައި، ވޭލްސް ކުޅޭ ފުރަތަމަ މެޗަށް ނުކުންނައިރު އެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ، ޓީމުގެ ކެޕްޓަން ގެރެތު ބޭލްއަށް ލެނޑު ޖެހުމެވެ. ސްވިޒަލޭންޑާ ދެކޮޅަށް މިއަދު ކުޅޭ މެޗުގައި، ޓީމުގެ އެޓޭކުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާނީވެސް ބޭލް އެވެ.
ޔޫރޯގައި، ވޭލްސް ކުޅޭ ފުރަތަމަ މެޗަށް ނުކުންނައިރު އެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ، ޓީމުގެ ކެޕްޓަން ގެރެތު ބޭލްއަށް ލެނޑު ޖެހުމެވެ. ސްވިޒަލޭންޑާ ދެކޮޅަށް މިއަދު ކުޅޭ މެޗުގައި، ޓީމުގެ އެޓޭކުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާނީވެސް ބޭލް އެވެ.
ރެއާލް މެޑްރިޑުން ފުރުސަތު ލިބުން މަދުވުމުން، މިދިޔަ ސިޒަންގައި ލޯން އުސޫލުން ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅުނު ފޯވަޑަށް، ސީޒަންގެ ބޮޑު ބައެއްގައި މައްސަލަ ކުރިމަތިވި އެވެ. ސީޒަންގެ ފަހުކޮޅު ފޯމަކަށް އެޅި ރަނގަޅު ކުޅުމެއްވެސް ބޭލް ދެއްކި އެވެ.
ނަމަވެސް، ގައުމީ ޓީމު އެންމެ ފަހުން ކުޅުނު 11 މެޗުގައި ވެސް އޭނާއަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. މިރޭ ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ބޭލް ބުނީ ލަނޑު ނުޖެހުމާ މެދު އޭނާގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.
"ލަނޑު ޖަހަނީ ކާކުތޯ ބެލުން މުހިންމެއް ނޫން. މުހިންމީ ނަތީޖާ،" ބޭލް ބުންޏެވެ.
"ތެދެއް އަހަރެން ލަނޑު ނުޖެހި މެޗުތަކެއް ފާއިތުވެއްޖެ. ނަމަވެސް އަހަރެން ވަނީ ހައެއް ނުވަތަ ހަތް އެސިސްޓް ކޮށްދީފައި. ގޯލް ޖެހުގައި އަހަރެން މިހާރުވެސް އެހީ އެބަވަން. އެހެންވީމާ އަހަރެން ކަންބޮޑުވުމެއް ނެތް. އަހަންކަށް ނޯޅޭ ގޯލް ދާގަނޑު އެތެރެ ހުރި ދިމާލެއް. ގޯލް ޖަހަން ފުރުސަތު ލިބޭ ދުވަހެއްގައި އަހަރެން ޖަހާނަން."
ވޭލްގެ ކޯޗް ޕޭޖް -- ފޮޓޯ: ޢެއެފްޕީ
މިދިޔަ ބުރާސްފަތި ދުވަހު، ވޭލްގެ މިޑްފީލްޑާ އާރޮން ރަމްސީ ޕްރެކްޓިހުގައި ބައިވެރިވެފައެއް ނުވެ އެވެ. ވޭލްގެ ވަގުތީ ކޯޗް ރޮބް ޕޭޖް ބުނީ، ރަމްސީ ޓްރެއިން ނުކުރުމުން ކަންބޮނޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އޭނާ ބުނީ މިދިޔަ ތިން ހަފުތާ މަސައްކަތް ކުރި ސްވިޒަލޭންޑް ޓީމާ ދެކޮޅަށް ތައްޔާރުވާން ކަމަށާއި އެ މެޗުގައި ކުޅޭނެ ފުރަތަމަ 11 އަކީ ކޮބައިކަން އޭނާ މާކުރިން ކަނޑައަޅާފައި ވާނެ ކަމަށެވެ.
"އަހަންނަށް ހީވަނީ އާރޮން މިޑީއާގައި ބުނެފައި ވޭހެން ފިޒިކަލީ އަދި މެންޓަލީވެސް އޭނާ ރަނގަޅު ކަމަށް. އެހެންވީމަ އެއީ އަހަރެމެންނަށް އުފާ ވެރި ހަބަރެއް،" ޕޭޖް ބުންޏެވެ.
ސްވިޒަލޭންޑް ގޮވައިގެން އެންމެ ފަހުގެ ޔޫރޯގެ ދެ ވަނަ ބުރަށް ދަތުރު ކުރި ވްލަޑްމިއާ ޕެޓްކޮވިޗް ބުނީ، ވޭލްސް ވެގެންދާނީ އިދިކޮޅު ޓީމަށް އުނދަގޫ ކުރިމަތި ކުރާ ޓީމަކަށް ކަމަށެވެ. އެންމެ ފަހުން ބޭއްވި ޔޫރޯގެ ސެމީ ފައިނަލަށް ދަތުރު ކުރި ވޭލްސްގެ ޓީމާ ދެކޮޅަށް، ސްވިޒަލޭންޑް މިއަދު ކުޅޭނެ ގޭމް ކަމަށް ބުނެ ޕެޓްކޮވިޗް ވަނީ ތަފްސީލީ ވާހަކަތަކެއް ދައްކައިފަ އެވެ.
ޕެޓްކޮވިޗް -- ފޮޓޯ: އޭއެފްޕީ
"އެ ޓީމުން ގެންގުޅެފާނެ ކޮންމެ އެޕްރޯޗެއް ވެސް. އަހަރެމެން ތިބެން ޖެހެނީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރު ވެގެން،" ޕެޓްކޯވިޗް ބުންޏެވެ.
"ނަމަވެސް އަހަރެމެން އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލައިލީމަ އެނގޭނެ އަހަރެމެން ވެސް މެޗުތަކުގައި ޑޮމިނޭޓް ކުރަން. ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެން. އަހަރެމެން ބޭނުން އެގޮތުގައި ހިފަހައްޓަން އަދި ފައިނަލް ތާޑްގައި ގޯލްތަކެއް ޖަހަން. އެކަމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޕޮޒެޝަން ހިފަހައްޓަމުން ރަނގަޅަށް ޑިފެންސް ކުރުން."
ވޭލްސް އާއި ސްވިޒަލޭންޑް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު ހައެއް ޖަހާއިރު އެވެ.
އުމުރުން 33 އަހަރުގައި ބޭލް ރިޓަޔާ ކުރީ ކީއްވެ؟
އިރާނަށް އުންމީދު، ފުރަތަމަ ރަތްކާޑް ވޭލްސްގެ ކީޕަރަށް
ވޭލްސް އިން ސްވިޓްޒަލޭންޑް ހިފަހައްޓައިފި
ބޭލް ސޯޝަލް މީޑިއާ ބޮއިކޮޓްކުރަން ވިސްނަނީ
ރެއާލަށް ދެރަބަހެއް ނުބުނާނަން: ބޭލް
ވޭލްސް ކެޕްޓަން ބޭންޑް ބޭލް އަށް ދޭން އެދެފި
ފުޓްބޯޅަ ތާރީހުގައި ބޭލްގެ ނަން އޮންނާނެ: ގިގްސް
ތިން ޕޮއިންޓް ނުލިބުނީ ފަރުވާ ކުޑަކޮށްލުމުން: ބޭލް
މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ވަނަ ފަހަރަށް ބޭލް އަށް
ކުރި ހިތްވަރާ މެދު ފަހުރުވެރިވަން: ބޭލް