23 މާޗް 2018
ބެއިޖިން، ޗައިނާ (މާޗް 23) - ފުޓްބޯޅަ ތާރީހުގައި ގަރެތު ބޭލްގެ ނަން ފާހަގަވެފައި އޮންނާނެ ކަމަށް ވޭލްސް ގައުމީ ޓީމުގެ ކޯޗު އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ރިޔާން ގިގްސް ބުނެފި އެވެ.
ބެއިޖިން، ޗައިނާ (މާޗް 23) - ފުޓްބޯޅަ ތާރީހުގައި ގަރެތު ބޭލްގެ ނަން ފާހަގަވެފައި އޮންނާނެ ކަމަށް ވޭލްސް ގައުމީ ޓީމުގެ ކޯޗު އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ރިޔާން ގިގްސް ބުނެފި އެވެ.
މިހާރު ޗައިނާގައި ކުރިޔަށްދާ ޗައިނާ ފްރެންޑްލީ ކަޕްގައި އިއްޔެ ކުޅުނު މެޗުން ގިގްސްގެ ކޯޗުކަމުގައި ވޭލްސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ 6-0 އިން ޗައިނާ ބަލިކޮށްފަ އެވެ. މި މެޗުގައި ރެއާލް މެޑްރިޑަށް ކުޅޭ ބޭލް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެއާ އެކު ބޭލް ވެފައިވަނީ ވޭލްސްގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ.
"ވޭލްސް އަކީ ފުޓްބޯޅައިގެ މާ ބޮޑު ތާރީހެއް އޮތް ގައުމެއް ނޫން. އެކަމަކު އެބަތިބި ވޭލްސްގެ ކުޅުންތެރިން ފުޓްބޯޅަ ތާރީހުގައި ފާހަގަކުރާ ފެންވަރުގެ. ބޭލްގެ މި ރެކޯޑާ އެކު އޭނާ އަށް ލިބުނީ ޝަރަފެއް. އެކަމަކު ހަގީގަތުގައި ފުޓްބޯޅައިގައި މިހާތަނަށް އޭނާ (ބޭލް) ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން މިހާރު ވެސް ފުޓްބޯޅަ ތާރީހުގައި އޭނާގެ ނަން އޮންނާނެ،" ގިގްސް ބުންޏެވެ.
އިޓަލީގެ ތަޖުރިބާކާރު ކޯޗު މާސެލޯ ލިއްޕީގެ އިރުޝާދުގެ ދަށުން ކުޅުނު ޗައިނާ އަތުން ވޭލްސް މޮޅުވިއިރު، އެ ޓީމަށް ވަނީ އަންނަ ހޯމަ ދުވަހު ކުޅޭ ފައިނަލުން ޖާގަ ލިބިފަ އެވެ. ފައިނަލުގައި ވޭލްސްއާ ދެކޮޅަށް ކުޅޭނީ ޗެކް ރިޕަބްލިކް ނޫނީ އުރުގުއާއީ އެވެ.
ގިގްސް ބުނީ ޗައިނާ ފްރެންޑްލީ ކަޕް ކާމިޔާބު ކުރެވިއްޖެނަމަ މިއީ އޭނާގެ ކޯޗިން ކެރިއަރަށް އެޅޭނެ ރަނގަޅު ބިންގަލެއް ކަމަށެވެ.
"މިއީ އެންމެ ބޮޑު މުބާރާތެއް ނޫން. އެކަމަކު މިއީ ހަގީގަތުގައި އަހަރެންގެ ކޯޗިން ކެރިއަރަށް ރަނގަޅު ފެށުމަކަށް ހެދިދާނެ،" ގިގްސް ބުންޏެވެ.
އުމުރުން 33 އަހަރުގައި ބޭލް ރިޓަޔާ ކުރީ ކީއްވެ؟
ވޭލްސްގެ ކޯޗުކަމުން ގިގްސް އެންމެފަހުން އިސްތިއުފާ ދީފި
ލަނޑު ނުޖެހުނަސް ބޭލްއަށް ހާސްކަމެއް ނެތް
ގިގްސްއަށް ދައުވާ ކުރުމުން ކޯޗްގެ މަގާމު ގެއްލިއްޖެ
ބޭލް ސޯޝަލް މީޑިއާ ބޮއިކޮޓްކުރަން ވިސްނަނީ
ގިގްސް ވޭލްސް ޓީމާ ގުޅުން ފަސްކޮށްފި
ތުހުމަތަކާ ގުޅިގެން ގިގްސް މަސައްކަތުން އެކަހެރިކޮށްފި
ރެއާލަށް ދެރަބަހެއް ނުބުނާނަން: ބޭލް
ވޭލްސް ކެޕްޓަން ބޭންޑް ބޭލް އަށް ދޭން އެދެފި
ތިން ޕޮއިންޓް ނުލިބުނީ ފަރުވާ ކުޑަކޮށްލުމުން: ބޭލް