13 ނޮވެމްބަރ 2016
ކާޑިފް، ވޭލްސް (ނޮވެމްބަރު 13) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުން ތިން ޕޮއިންޓް ނުލިބުނީ ވޭލްސްގެ ކުޅުންތެރިން ފަރުވާ ކުޑަކޮށްލުމުން ކަމަށް އެ ޓީމުގެ ފޯވާޑް ގަރެތު ބޭލް ބުނެފި އެވެ.
ކާޑިފް، ވޭލްސް (ނޮވެމްބަރު 13) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުން ތިން ޕޮއިންޓް ނުލިބުނީ ވޭލްސްގެ ކުޅުންތެރިން ފަރުވާ ކުޑަކޮށްލުމުން ކަމަށް އެ ޓީމުގެ ފޯވާޑް ގަރެތު ބޭލް ބުނެފި އެވެ.
މެޗުގެ 30 ވަނަ މިނިޓްގައި ވޭލްސް އަށް ބޭލް ލީޑުނަގާދީފައި ވަނިކޮށް ސާބިއާ އިން އެއްވަރުކުރީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓަ އެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ އަލެކްސަންޑަ މިޓްރޮވިޗް އެވެ.
"މޮޅުވެފައި އޮއްވައި އެއްވަރުވުމުން މިއީ މާޔޫސްވާން ޖެހޭ ނަތީޖާއެއް. ވަރަށް މުހިއްމު ޕޮއިންޓްތަކެއް މި ގެއްލުނީ. ކޮލިފައިންގައި ނަތީޖާ ރަނގަޅުކުރަން އެންމެ މުހިއްމު ކަމަކީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތައް ކާމިޔާބު ކުރުން،" ރެއާލް މެޑްރިޑްގެ ފޯވާޑް ބޭލް ބުންޏެވެ.
ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން ބުނީ މިއީ މާޔޫސްވާންޖެހޭ ނަތީޖާއެއް ނޫން ކަމަށެވެ.
"މިއީ މާޔޫސްވާންޖެހޭ ނަތީޖާއެއް ނޫން. އެއް ވަނައިގައި އޮތް އަޔަލެންޑާ ދެކޮޅަށް އަހަރެމެން އަދި ދެ ފަހަރު ކުޅެން ޖެހޭ. އަދި ކުރިހޯދޭނެ،" ކުރިން ފުލަމް އަށް ކޯޗުކޮށްދިން ކޯލްމަން ބުންޏެވެ.
މި ގްރޫޕްގެ އަނެއް ދެ މެޗުން ރޭ އަޔަލެންޑް ވަނީ 1-0 އިން އޮސްޓްރިއާ ބަލިކޮށްފަ އެވެ. އަދި ޖޯޖިއާ އާއި މޮލްޑޯވާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު ގްރޫޕް ޑީގެ އެއް ވަނައިގައި އަޔަލެންޑް އޮތީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސާބިއާ އޮތީ އަށް ޕޮއިންޓް ހޯދައިގެންނެވެ. ވޭލްސް އަށް ތިން ވަނަ ލިބުނީ ހަ ޕޮއިންޓާ އެކު އެވެ.
އުމުރުން 33 އަހަރުގައި ބޭލް ރިޓަޔާ ކުރީ ކީއްވެ؟
ޔޫކްރޭން ބަލިކޮށް 64 އަހަރުފަހުން ވޭލްސް ވޯލްޑްކަޕަށް
ލަނޑު ނުޖެހުނަސް ބޭލްއަށް ހާސްކަމެއް ނެތް
ބޭލް ސޯޝަލް މީޑިއާ ބޮއިކޮޓްކުރަން ވިސްނަނީ
ރެއާލަށް ދެރަބަހެއް ނުބުނާނަން: ބޭލް
ވޭލްސް ކެޕްޓަން ބޭންޑް ބޭލް އަށް ދޭން އެދެފި
ފުޓްބޯޅަ ތާރީހުގައި ބޭލްގެ ނަން އޮންނާނެ: ގިގްސް
މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ވަނަ ފަހަރަށް ބޭލް އަށް
ތަފާތު ބޮޑު މޮޅަކުން ސްޕެއިން ކޮލިފައިން ފަށައިފި
ކުރި ހިތްވަރާ މެދު ފަހުރުވެރިވަން: ބޭލް