Roadha Mihaaru
މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ވަނަ ފަހަރަށް ބޭލް އަށް

މޮޅު ކުޅުންތެރިޔަކަށް ބޭލް، ސަޕޯޓަރުންގެ އެވޯޑް އެލަން އަށް

09 ނޮވެމްބަރ 2016

ކާޑިފް، ވޭލްސް (ނޮވެމްބަރު 9) - ވޭލްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ވަނަ ފަހަރަށް ރެއާލް މެޑްރިޑްގެ ފޯވާޑް ގަރެތު ބޭލް ހޯދިއިރު، ސަޕޯޓަރުންގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓޯކް ސިޓީގެ މިޑްފީލްޑަރު ޖޯ އެލަން އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކާޑިފް، ވޭލްސް (ނޮވެމްބަރު 9) - ވޭލްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ވަނަ ފަހަރަށް ރެއާލް މެޑްރިޑްގެ ފޯވާޑް ގަރެތު ބޭލް ހޯދިއިރު، ސަޕޯޓަރުންގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓޯކް ސިޓީގެ މިޑްފީލްޑަރު ޖޯ އެލަން އެވެ.

މިއީ ކުރިން ޓޮޓެންހަމަށް ކުޅުނު ބޭލް ވޭލްސް މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ހޯދި ހަތަރު ވަނަ ފަހަރެވެ. މިިދިޔަ ސީޒަނުގައި ލިވަޕޫލަށް މޮޅު ކުޅުމެއް ދެއްކި އެލަން ވަނީ ދެ އެވޯޑެއް ހޯދައިފަ އެވެ. އެއީ ސަޕޯޓަރުންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ކުޅުންތެރިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ.

ވޭލްސްގެ އަންހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބްރޮންވެން ތޯމަސް އެވެ. ސަޕޯޓަރުންގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ކުޅުންތެރިން ހޮވާ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ފިލް ބޭކާ އަށެވެ.

މީޑިއާ އިން ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ރެޑިންގެ ޑިފެންޑަރު ކްރިސް ގަންޓާ އަށެވެ. ވޭލްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުންދޭ ހާއްސަ އެވޯޑް ލިބުނީ ގައުމީ ޓީމުގެ ކޯޗު ކްރިސް ކޯލްމަން އަށެވެ. ކޯލްމަން ވަނީ ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ނޮމިނޭޓްވެފަ އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާސެނަލްގެ މިޑްފީލްޑަރު އާރޮން ރަމްސޭ އަށެެވެ.