10 ޖޫން 2021
އެކި ކުޅުންތެރިންގެ ކެރިއާގައި އެކި ސީޒަންތަކުގައި ކުޅެވެނީ އެކި ވަރަށެވެ. ބައެއް ސީޒަންގައި ފޯމު ގެއްލި ޓީމުން ޖާގަ ގެއްލޭ ހިސާބަށް ދެ އެވެ. ނަމަވެސް ޖަރުމަންގެ މިޑްފީލްޑް ޓޯނީ ކްރޫޒް، އެއާ ތަފާތެވެ. ގައުމީ ޓީމަށް އޭނާ ކުޅެން ފެށި ފަހުން ވެސް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި އޭނާ ދެމި ހުރެ އެވެ.
އެކި ކުޅުންތެރިންގެ ކެރިއާގައި އެކި ސީޒަންތަކުގައި ކުޅެވެނީ އެކި ވަރަށެވެ. ބައެއް ސީޒަންގައި ފޯމު ގެއްލި ޓީމުން ޖާގަ ގެއްލޭ ހިސާބަށް ދެ އެވެ. ނަމަވެސް ޖަރުމަންގެ މިޑްފީލްޑް ޓޯނީ ކްރޫޒް، އެއާ ތަފާތެވެ. ގައުމީ ޓީމަށް އޭނާ ކުޅެން ފެށި ފަހުން ވެސް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި އޭނާ ދެމި ހުރެ އެވެ.
ޖަރުމަންގެ ގައުމީ ޓީމުގެ މިޑްފީލްޑްގައި، ކޯޗު ޔޯކިމް ލޯ އެންމެ އިތުބާރު ކުރާ އެއް ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރެވެ. ވޯލްޑް ކަޕް 2014 ގެ ޗެމްޕިއަންކަން ހޯދި ޓީމުގެ މިޑްފީލްޑްގައި އޭނާގެ ހިއްސާ ބޮޑެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގައި ސްވިޑަން ކޮޅަށް އޭނާ ފްރީ ކިކަކުން ވައްދާލި މޮޅު ގޯލަކީ ތަފާތު ގޯލެކެވެ.
ކްރޫޒްގެ އެންމެ ހާއްސަ ކޮލިޓީއަކީ، އޭނާ ފޯރުކޮށްދޭ ޕާސްތަކުގެ އެކިއުރެސީ އެވެ. އޭނާ ފޯރުކޮށްދޭ ބޯޅަތައް ވެގެން ދަނީ މެޗުތަކުގެ ނަތީޖާ އަނބުރާލުމަށް އެހީވެދޭ އެންމެ މުހިންމު ކޮމްޕޯނަންޓަށެވެ. މިދިޔަ އަހަރު އެލް ކްލެސިކޯގައި ވިނީސިއުސް ޖޫނިއާ އަށް ކްރޫޒް ދިން ޕާހަކީ މެޗުގެ ނަތީޖާ ބަދަލުކޮށްލަދިން ވަގުތު ކޮޅެވެ. ނިމިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް މެޑްރިޑްގައި ކުޅުނު މެޗުގައި ވިނީސިއުސް އަށް ކްރޫޒް ދިން ބޯޅައަކީ ލޯންގް ބޯލްގެ "މާސްޓާ ޕީސް" ޕާހެކެވެ.
"ހޫ ސްކޯޑް ޑޮޓް ކޮމް" ގެ ސްޓެޓިސްޓިކްސް ދައްކާ ގޮތުން ކުރޫޒް ވަނީ ލަ ލީގާއި އެވްރެޖްކޮށް 8.2 ލޯންގް ބޯލް ޕާސް ކާމިޔާބުކަމާ އެކު ފޯރުކޮށް ދީފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި 9.1 ލޯންގް ބޯލް ޕާސް ފޯރުކޮށް ދިނެވެ. މިއީ މިޑްފީލްޑަރަކަށް ބަލާއިރު ފާހަގަ ކުރެވޭ އަދަދުތަކެވެ.
ޔޫރޯގައި ޖަރުމަން ލައްވާލީ، އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އާއި އަދި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސްގެ އިތުރުން ހަންގޭރީއާ އެކު ގުރޫޕް އެފްގަ އެވެ. އެއީ މި ފަހަރުގެ މުބާރާތުގެ "ގްރޫޕް އޮފް ޑެތު" އެވެ. ވަރުގަދަ މެޗުތަކުގައި ނަތީޖާ ބަދަލު ކުރަން އެހީވެދޭ ކްރޫޒްގެ ދައުރު އެ މެޗުތަކުގައި ބޮޑު ވާނެ އެވެ.
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
އެންމެ މަތީ ފެންވަރުގައި ހުރެ، ކްރޫޒް ރިޓަޔާކުރަނީ
ގައުމީ ޓީމަށް އަލުން ކުޅެން ކްރޫޒް ވިސްނަނީ
ކްރޫޒް ޖަރުމަނަށް ކުޅުން ހުއްޓާލައިފި
ޔުއެފާގެ ރެފްރީޒް ރިޕޯޓާ އެކު ކްރޫސްގެ ފާޑުކިޔުން
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
ސްޕެއިން މެޗަކީ ރިޓަޔާ ކުރާ މެޗަކަށް ނުވާނެ: ކްރޫސް
ޖަރުމަނުން އެއްވަނަ ގެންގޮސްފި، ހެންގޭރީ އިންތިޒާރުގައި
ޖަރުމަނު ދެވަނަ ބުރަށް، ތަރިއަކީ ގުންޑޮގާން
ޖަރުމަނު ދެކެ ކުޑަކޮށް ވެސް ޖެހިލުމެއް ނުވޭ: ކްލާކް