Roadha Mihaaru
ގައުމީ ޓީމަށް އަލުން ކުޅެން ކްރޫޒް ވިސްނަނީ

ޔޫރޯގައި ގައުމީ ޓީމަށް އަލުން ކުޅެން އެބަ ވިސްނަން: ކްރޫޒް

13 ފެބުރުއަރީ 2024

ލައިޕްޒިގް (ފެބްރުއަރީ 13) - މި އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި، އެ ގައުމުގެ ގައުމީ ޓީމަށް އަލުން ކުޅެން ވިސްނަމުންދާ ކަމަށް ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޯނީ ކްރޫޒް ބުނެފި އެވެ.

ލައިޕްޒިގް (ފެބްރުއަރީ 13) - މި އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި، އެ ގައުމުގެ ގައުމީ ޓީމަށް އަލުން ކުޅެން ވިސްނަމުންދާ ކަމަށް ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޯނީ ކްރޫޒް ބުނެފި އެވެ.

ބްރެޒިލްގައި 20214 ގައި ބޭއްވި ވޯލްޑް ކަޕް ޖަރުމަނު ގައުމީ ޓީމަށް ހޯދައި ދިނުމުގައި ހިއްސާވި ކްރޫޒް ގައުމީ ޓީމުން ރިޓަޔާ ކުރީ އެންމެ ފަހުން ބޭއްވި ޔޫރޯގަ އެވެ.

އަލުން ގައުމީ ޓީމަށް ކުޅެން ކްރޫޒް ވިސްނަމުންދާ ކަމަށް ބުނީ، އޭނާ ގައުމީ ޓީމަށް އަލުން ކުޅުމަށް އެދި ޖަރުމަނުގެ ބައެއް ކުޅުންތެރިން ވެސް އެދެމުންދާތީ އެވެ. އޭގެ ތެރޭގައި އޭނާއާ އެކު ރެއާލަށް ކުޅޭ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ހިމެނެ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ، ޖަރުމަނުގެ ލައިޕްޒިގްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކްރޫޒް ބުނީ އޭނާގެ ކުރިމަތީގައި ވިސްނަން ޖެހޭ މުހިންމު ދެ ކަމެއް އެބައޮތް ކަމަށެވެ.

އެއީ ޖަރުމަނު ޓީމަށް ކުޅުމާ މެދު އަދި ރެއާލްގެ ކޮންޓްރެކްޓް އާ ކުރުމާ މެދުގަ އެވެ.

"ވަރަށް ގިނަ ނިންމުންތައް ނިންމަން ޖެހޭ، އަދި ވެސް ވަކިގޮތެއް ނުނިންމޭ... ކެރިއަރު ނިންމާލަން ބޭނުންވަނީ އެންމެ މަތީ ދަރަޖައިގަ. މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ހަމަ އެ ވާހަކަ ދެކެވުނު. އެ [ރެއާލްގެ ކޮންޓްރެކްޓް މިދިޔަ އަހަރު އާ ކުރުމާ މެދު] ނިންމުމާ މެދު އަދިވެސް ވަރަށް އުފާވޭ،" ކްރޫޒް ބުންޏެވެ.

""ގައުމީ ޓީމު؟ އަހަރެން ވިސްނަމުން މިދަނީ، ފުރުޞަތު އެބައޮތް، އާނ، އެކަމަކު އަހަންނަކަށް ވަކިގޮތެއް ނޭނގެ."