Roadha Mihaaru
ލުއި ލޯނު ނެގިޔަސް އިސްލާމިކް ފައިނޭންސިން ލިބޭނެ

ލުއި ލޯނު ނެގިޔަސް އިސްލާމިކް ޕާސަނަލް ފައިނޭންސިން ލިބޭނެ: ބީއެމްއެލް

07 ޖޫން 2021

ބީއެމްއެލްގެ ލުއި ލޯނު ނަގާފައިވާ ކަސްޓަމަރުންނަށް ވެސް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލްގެ ލުއި ލޯނު ނަގާފައިވާ ކަސްޓަމަރުންނަށް ވެސް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ބަދަލު ގެނައީ ކަސްޓަމަރުންނަށް ފައިނޭންސް ހޯދުމުގައި ލުއިތަކެއް ދިނުމަށް ކަމަށެވެ. އަދި މި ބަދަލާ އެކު ކޮންމެ ކަސްޓަމަރަކަށް ވެސް މުސާރައިގެ ފަސް ގުނައާ ހަމައަށް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން މި ގެނައި ބަދަލުތަކާ އެކު މިހާރު ފައިނޭންސިން އަށް އެދި ހުށަހަޅާ މީހުންނަށް އެ ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މުދާ ލިބޭނެ އެވެ.

ބޭންކުގެ މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ބަދަލުން ދައްކުވައިދެނީ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަ ކުރުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށެވެ. އަދި މީގެ ސަބަބުން އެ ބޭންކުގެ ކަސްޓަމަރުންނަށް ރީޓެއިލް އަދި އިސްލާމިކް ފައިނޭންސިން ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ފައިނޭންސިން އަށް މިހާރު އޮންލައިންކޮށް ހުށަހެޅޭނެ އެވެ. އެގޮތުން، އިންޓަނެޓް ބޭންކިން މެދުވެރިކޮށް ނުވަތަ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް މެދުވެރިކޮށް bmlislamicsupport@bml.com.mv އަށް އީމެއިލް ކޮށްގެން ފައިނޭންސިން އަށް ހުށަހެޅޭނެ އެވެ.