Roadha Mihaaru
ބީއެމްއެލްގެ އިސްލާމިކް ބޭންކިންއަށް އާ ޑިރެކްޓަރެއް

ބީއެމްއެލްގެ އިސްލާމިކް ބޭންކިންއަށް އާ ޑިރެކްޓަރެއް ހަމަޖައްސައިފި

07 ފެބުރުއަރީ 2022

ބީއެމްއެލްގެ އިސްލާމިކް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް ހަސަން ކަލާމް، މިއަދު ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލްގެ އިސްލާމިކް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް ހަސަން ކަލާމް، މިއަދު ހަމަޖައްސައިފި އެވެ.

ކަލާމް އަކީ ފައިނޭންޝަލް ސާވިސަަސް އަދި ބޭންކިން ދާއިރާއިން 10 އަހަރަށް ވުރެ ދިގު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ލައިސެންސްޑް ޝަރީއާ އެޑްވައިޒަރެކެވެ. އޭނާ ބީއެމްއެލްއާ ގުޅުނީ 2013 ވަނަ އަހަރު އެވެ.

ބީއެމްްއެލް އިން ބުނިގޮތުގައި އެ ބޭންކާ ގުޅުމަށް ފަހު ކަލާމް ވަނީ އިސްލާމިކް ބޭންކިން ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މި މަގާމަށް އައްޔަން ކުރުމުގެ ކުރިން ކަލާމް ހުންނެވީ ބީއެމްއެލް އިސްލާމިކްގެ އިންޓެރިމް އިންޗާޖުގެ މަގާމުގަ އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް އިސްލާމިކް ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާކުރާއިރު، ކަލާމްގެ ތަޖުރިބާގެ އަލީގައި ކަސްޓަމަރުން ބޭނުންވާ ބަދަލު ގެނެވޭނެ ކަމަށެވެ.

"ޑައިރެކްޓަ އޮފް އިސްލާމިކް ބޭންކިންގެ ގޮތުގައި ކަލާމް ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން. އިސްލާމިކް ބޭންކިން އާ ގުޅޭ ގޮތުން ކަލާމަށް ލިބިލައްވާފައިވާ ތަޖުރިބާގެ އަލީގައި ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެކަމާމެދު އަޅުގަނޑަށް ފުރިހަމަ އިތުރުބާރު އެބައޮތް،" ޓިމް ވިދާޅުވި އެވެ.

ބީއެމްއެލްގައި މިވަގުތު މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 99 ޕަސެންޓަކީ ދިވެހިންނެވެ. ބޭންކުން އަންނަނީ ވަޒީފާ އާއި ތަމްރީން ދިނުމަށް އިސްކަންދީގެން އެންނެ ފަހުގެ ސިޔާސަތުތައް އެކުލަވާލައި އެއާ އެއްގޮތަށް އަމަލު ކުރަމުންނެވެ.