Roadha Mihaaru
ބީއެމްއެލްގެ ޗެއާޕާސަނަކަށް ސަނާ މަންސޫރު

ބީއެމްއެލްގެ ޗެއާޕާސަނަކަށް ސަނާ މަންސޫރު

01 ސެޕްޓެމްބަރ 2020

ބީއެމްއެލްގެ އާ ޗެއާ ޕާސަނަކަށް އެ ބޭންކުގެ އެކްޓިން ޗެއާގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ސަނާ މަންސޫރު އައްޔަން ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލްގެ އާ ޗެއާ ޕާސަނަކަށް އެ ބޭންކުގެ އެކްޓިން ޗެއާގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ސަނާ މަންސޫރު އައްޔަން ކޮށްފި އެވެ.

އެ ބޭންކުގެ އާ ޗެއާޕާސަން އައްޔަންކޮށްފައި ވަނީ އިއްޔެ ބޭއްވި އަހަރީ އާއްމު ޖަލްސާ އަށް ފަހު ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގަ އެވެ. މި މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެދާނެ އެވެ. އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ސައީދާ އުމަރެވެ.

ސަނާގެ އިތުރުން ބީއެމްއެލްގެ ބޯޑަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބޯޑު މެމްބަރުންނާއި އާއްމު ހިއްސާދާރުންގެ ތެރެއިން ކުރިމަތިލި މީހުންގެ ތެރެއިން ބޯޑަށް މެމްބަރުން ވަނީ އައްޔަންކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން އައްޔަން ކުރި ބޯޑު މެމްބަރުން

- ސަނާ މަންސޫރު، މއ. މަނަސް، ޗެއާޕާސަން.

- ޓޮމިތީ ސޯޔާ، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު.

- އާއިޝަތު ނޫރައްދީންމ މ. ތާނގިދޮށުގެ

- ޖުވައިރިޔާ ސައީދު، މއ. ކޮށީގެ

- ނަޖީމް އިބްރާހިމް ޒަކަރިއްޔާ، މ. ދާޝިން

- ހުސައިން ތައުފީގު އަލީ، މ. މުއިރި

- އަބްދުﷲ ހަސަން، ނަސީމާ މަންޒިލް/ ރ. އަލިފުށި

އާއްމު ހިއްސާދާރުންގެ ތެރެއިން އިންތިޚާބު ކުރި ޑިރެކްޓަރުން

- މުހައްމަދު އަބްދުއްސައްތާރު، މއ. ޓިއުލިޕް ވިލާ

- އިބްރާހިމް މުހައްމަދު، ނެލުމް/ ނ. ހޮޅުދޫ

- އަހުމަދު މުހައްމަދު، ގ. އުފާ