Roadha Mihaaru
ބީއެމްއެލް އިސްލާމިކުން އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަނެއް

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސުން މުދާ ގަނެގެން އުމްރާ ދަތުރެއް

06 އޯގަސްޓް 2018

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސް ސްކީމްގެ ދަށުން މުދާ ގަނެގެން ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސް ސްކީމްގެ ދަށުން މުދާ ގަނެގެން ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުތުއަތުލުން ބާއްވާނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް، ދެ މީހުންގެ އުމްރާ ދަތުރެއް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސުން މުދާ ގަނެގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ކަސްޓަމަރުންނަށް ކިޔައިދެނީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސުން މުދާ ގަނެގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ކަސްޓަމަރުންނަށް ކިޔައިދެނީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިސްލާމިކުން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އިން އެއް ލައްކަ ރުފިޔާއާ ހަމައަށް ވިޔަފާރި ކުރެވެ އެވެ. އެ ސްކީމުގެ ދަށުން ގޭތެރެއަށް ބޭނުންވާ ސާމާނާއި ސައިކަލް އަދި ކޮންސްޓްރަކްޝަން މެޓީރިއަލް ވެސް ގަނެވެ އެވެ.

އެ ބޭންކުން އަންނަނީ މި ޕްރޮމޯޝަނާ ބެހޭ މައުލޫމާތު އެކި އޮފީސްތަކުގެ މުވައްޒަފުންނަށާއި އެކި ރަށްރަށުގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމް ހިންގުމުގެ އިތުރުން، ފަސޭހައިން އެޕްލިކޭޝަން ހުށަހެޅޭނެ ގޮތް ވެސް ހަމަޖައްސައިފަ އެވެ.

ބީއެމްއެލް އިން ބުނީ އެ ސްކީމުގެ ދަށުން ގަންނަ މުދާ ހަތް ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ. އަދި ބީއެމްއެލް އިސްލާމިކުން އަންނަނީ ޕާސަނަލް ފައިނޭންސިންގެ އިތުރުން، ގެދޮރު އިމާރާތް ކުރުމަށް ހާއްސަ ފައިނޭންސިލް ފެސިލިޓީސްތައް ވެސް ދޫކުރަމުން ގެންދެ އެވެ.