Roadha Mihaaru
ޝަރީއާ އެޑްވައިޒަރީ ކޮމެޓީއަށް ކުރިމަތިލާން ހުޅުވާލައިފި

ބީއެމްއެލް އިސްލާމިކްގެ ޝަރީއާ އެޑްވައިޒަރީ ކޮމެޓީއަށް ކުރިމަތިލާން ހުޅުވާލައިފި

23 ފެބުރުއަރީ 2017

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ބޭންކިންގެ ގޮފި ކަމަށްވާ "ބީއެމްއެލް އިސްލާމިކް" ގެ ޝަރީއާ އެޑްވައިޒަރީ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭންކުން މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ބޭންކިންގެ ގޮފި ކަމަށްވާ "ބީއެމްއެލް އިސްލާމިކް" ގެ ޝަރީއާ އެޑްވައިޒަރީ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭންކުން މިއަދު ހުޅުވާލައިފި އެވެ.

ބީއެމްއެލް އިސްލާމިކްގެ ޝަރީއާ އެޑްވައިޒަރީ ކޮމެޓީގެ މަސައްކަތަކީ އިސްލާމިކް ބޭންކިންގެ ޕޮލިސީތަކާއި އުސޫލުތައް ޝަރުއީ އުސޫލުތަކާ އެއްގޮތްތޯ ބަލައި ފާސް ކުރުމެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން ބީއެމްއެލްގެ މައި ޑިރެކްޓަރުންގެ ބޯޑަށް ލަފާ ދިނުމާއި ބީއެމްއެލްގެ އިސްލާމިކް ފައިނޭންސާ ބެހޭ އުސޫލުތަކަށް ގެންނަ ބަދަލުތައް ރިވިއުކުރުމަކީ ވެސް އެ ކޮމެޓީގެ މަސްއޫލިއްޔަތެކެވެ.

އެ ކޮމެޓީގެ މެމްބަރުކަމުގެ ޝަރުތަކީ އުސޫލުލް ފިގުހު ނުވަތަ އިސްލާމީ ވިޔަފާރީގެ މުއާމަލާތުގެ ގާނޫނުގެ ދާއިރާއިން ފަންނީ ތަޖްރިބާ ލިބިފައިވުމާ އެކު ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ނުވަތަ އިސްލާމިކް ބޭންކިންގެ ދާއިރާއިން ނުވަތަ ޝަރީއާ ކޮމްޕްލަޔަންސްގެ ދާއިރާއިން ނުވަތަ ރިސްކް މެނޭޖްމަންޓްގެ ދާއިރާއިން ނުވަތަ ޕްރޮޑަކްޓް ޑިވެލޮޕްމަންޓްގެ ދާއިރާއިން ނުވަތަ އެކައުޓިންގެ ދާއިރާއިން ނުވަތަ އޮޑިޓިންގެ ދާއިރާ އިން ސެޓްފިކެޓެއް ނުވަތަ ނުވަތަ ތަޖުރިބާ ލިބިފައިވުމެވެ.

މީގެ އިތުރުން އެހެން މާލީ އިދާރާއެއްގެ ޝަރީއާ އެޑްވައިޒަރީ ކޮމެޓީގެ މެމްބަރަކަށް ނުވުމަކީ ވެސް ޝަރުތެކެވެ.

އެ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މާޗް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެ ކޮމެޓީއަށް މެމްބަރުން އައްޔަން ކުރާނީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ހުއްދަ ލިބުމަށް ފަހު އެވެ.

ބީއެމްއެލް އަކީ މޯލްޑިވްސް އިސްލާމިކް ބޭންކަށް ފަހު އިސްލާމީ ބޭންކިންގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށި ބޭންކެވެ.