Roadha Mihaaru
އިސްލާމިކް ކްރެޑިޓް ކާޑަށް އެޕްލައިކޮށްގެން 25،000ރ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެޕްލައިކޮށްގެން 25،000ރ.

30 މެއި 2024

ބީއެމްއެލްއިން މި ހަފްތާ ތެރޭގައި ތައާރަފްކުރި އިސްލާމިކް ކްރެޑިޓް ކާޑަށް އެދޭ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލްއިން މި ހަފްތާ ތެރޭގައި ތައާރަފްކުރި އިސްލާމިކް ކްރެޑިޓް ކާޑަށް އެދޭ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ، އެ ޕްރޮމޯޝަންގެ ދަށުން އެއް ވަނައަށް ހޮވޭ ފަރާތަކަށް 25،000ރ. ލިބެނެ ކަމަށެވެ. އެ ބޭންކްގެ އިސްލާމިކް އެމެކްސް ކާޑަށް އިންޓަނެޓް ބޭންކިން ނުވަތަ މޯބައި އެޕްލިކޭޝަން މެދުވެރިކޮށް ވެސް އެދެވޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އިސްލާމިކް ކްރެޑިޓް ކާޑަށް އެޕްލައިކޮށް، އެޕްރޫވްވާ ފަރާތްތަކަށެވެ.

މި ކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް މުއާމަލާތް ކުރެވޭނެ އެވެ. އެގޮތުން ބުކިން ޑޮޓް ކޮމް އާއި އެހެން ބައެއް ރެސްޓޯރެންޓްތަކުން ވެސް ހާއްސަ ޑިސްކައުންޓުތައް ލިބޭނެ އެވެ.

ބީއެމްއެލް އިސްލާމިކް އިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ތައާރަފް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ހަދާފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ހިމެނޭ ކާޑެކެވެ. އަދި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓަރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ވެސް ހޯދޭނެ އެވެ.

މި ޕްރޮމޯޝަން ޖުލައި 28 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.