16 މާޗް 2023
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އިން ރަހުނަކާ ނުލައި ފައިސާ އާއި މުދާ ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއަށް އިިތުރު ކޮށްފި އެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އިން ރަހުނަކާ ނުލައި ފައިސާ އާއި މުދާ ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއަށް އިިތުރު ކޮށްފި އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އެ ފެސިލިޓީ މެދުވެރިކޮށް ފައިސާ ހޯދުމާއި މުދާ ގަތުމާއި ޚިދުމަތެއް ފައިނޭންސް ކުރުމަށް އަދި ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ވެސް ފައިނޭންސް ކޮށްދެވޭނެ އެވެ.
މި ފެސިލިޓީ ދޫ ކުރާއިރު ފެސިލިޓީގެ ލިމިޓް ކަނޑައަޅާނީ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީގެ މައްޗަށް ބެލުމަށް ފަހު އެވެ. އަދި ބީއެމްއެލްގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރުކޮށްފައި ހުއްޓަސް ފެސިލިޓީއަށް އެދި ހުށައެޅޭނެ އެވެ.
މި ފެސިލިޓީއަށް އެދި އިންޓަނެޓް އަދި މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ޕާސަނަލް ފައިނޭންސިން އަށް ހުށަހެޅޭނެ އެވެ. އެޕްލިކޭޝަން ޕްރޮސެސްކުރުމަށް ނަގާނީ ފަސް ދުވަހެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް މުސާރަ، ކުލިން ލިބޭ އާމްދަނީ، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ، ރިޓަޔާމަންޓް ޕެންޝަން އަދި ވެރިފައިކުރެވޭ އެހެނިހެން ކޮންމެ އާމްދަނީއެއް ވެސް ބަލައިގަންނާނެ އެވެ.
މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ދެނީ، އިސްލާމިކް ބޭންކިންގެ އުސޫލެއް ކަމުގައިވާ ތަވައްރުގް (ކޮމޯޑިޓީ މުރާބަހާ) އުސޫލުންނެވެ. މިއީ ގަނެފައިވާ މުދަލެއް، ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ.
މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ނަގުދު ފައިސާ ލިބި، މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ އެވެ. އަދި އަވަހަށް ފައިސާ ދެއްކުމުން، ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބޭންކުން ދޫކުރާ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ރޭޓަކީ އަހަރަކަށް 15 ޕަސެންޓެވެ. އަދި ފެސިލިޓީ ދޫކުރަނީ ފަސް އަހަރުގެ ތެރޭގައި ފެސިލިޓީ ދައްކާ ހަލާސްކުރާ ގޮތަށެވެ.
ބީއެމްއެލް އިސްލާމިކުން ވިޔަފާރިތަކަށް ޑެބިޓް ކާޑެއް
އިސްލާމިކް ޕާސަނަލް ފައިނޭންސަށް އޮންލައިންކޮށް އެދެވޭނެ
ބީއެމްއެލް އިސްލާމިކް ފައިނޭންސުން ނަގުދު ފައިސާ ލިބޭނެ
އަންނަ ހަފުތާ ބޭންކުތައް ހުޅުވާނީ ތިން ދުވަހު
ބީއެމްއެލް އިސްލާމިކުން އެޑިޔުކޭޝަން ފައިނޭންސިން ލިބޭނެ
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބީއެމްއެލަށް އާ ޗީފް ރިސްކް އޮފިސަރަކާއި ޑައިރެކްޓަރެއް
ޝަރީއާ އެޑްވައިޒަރީ ކޮމެޓީއަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ ފުރަތަމަ އިސްލާމިކް ފައިނޭންސް ގެދޮރަށް
ބީއެމްއެލްގެ އިސްލާމިކް ބޭންކިން ބްރާންޗް ހުޅުވައިފި