އޮޑިޓ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވައިލި ފުރުސަތުގެ މުއްދަތު ރައީސް އޮފީހުން އިތުރުކޮށްފި އެވެ.
06 ޖޫން 2021
އޮޑިޓ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވައިލި ފުރުސަތުގެ މުއްދަތު ރައީސް އޮފީހުން އިތުރުކޮށްފި އެވެ.
އެ އޮފީހުން މިއަދު ބުނީ، މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަންނާނީ މި މަހުގެ 15 އާއި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށެވެ. މަގާމަށް ކުރިމަތިލުމުގެ ފޯމު ރައީސް އޮފީހުގެ އޮފީހުގެ ވެބްސައިޓުން ލިބޭނެ އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ، ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު މިދިޔަ މަހު 12 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުން މަޖިލީހުން އާންމުކުރި އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވާތީ، އެފަދަ ތުހުމަތެއް ކުރެވޭއިރު މަގާމުގައި ހުރެއްޖެ ނަމަ އޮޑިޓާ ޖެނެރަލްގެ މަގާމަށާއި އެ އޮފީހުގެ ކަރާމާތަށް އުނިކަމެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެ އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ފުރަތަމަ ހުޅުވައިލީ މިދިޔަ މަހުގެ 25ގަ އެވެ.
މާލީ ބަޔާން ހުށަހަޅާ މުއްދަތަށް ބަދަލު ގެންނަން ނާންގާ
"ރައީސްގެ މާލީ ބަޔާން ހުށަހަޅަން ވަނީ ފުރުސަތުދީފައި"
އެސްޑީއެފްސީގެ ލޯނުގެ 41 ޕަސެންޓް ގަވާއިދުން ނުދައްކާ
ތިނަދޫ ކައުންސިލުން ފައިސާ ގެންގުޅުމުގައި ގޯސްތަކެއް!
"ބަދަލު ދިނުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް"
576 އޮޑިޓްގެ ތެރެއިން މިހާތަނަށް ނިމުނީ 62 ރިޕޯޓު
ހަވާލުވާ އަގަށް ވުރެ އިތުރަށް ފައިސާ ދީފައި އެބަހުރި
ކުޅިވަރު މަޝްރޫތަކުގައި ކޮރަޕްޝަން ބޮޑު: އޮޑިޓް
ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުން ހަރަދުތައް ނުބަލަހައްޓާ
އައްޑޫ ފެނަކައަށް މީހުން ނެގީ އައިޑީކާޑަށް ބަލައިގެން!