Roadha Mihaaru
އެމާގެ "ކްރޫއެލާ" ގެ ސީކްއެލްއެއް ވެސް ހަދަނީ

އެމާގެ "ކްރޫއެލާ" ގެ ސީކްއެލްއެއް ވެސް ހަދަނީ

07 ޖޫން 2021

މިދިޔަ މަހު ރިލީޒްކޮށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އޮސްކާ އެވޯޑް ހޯދާފައިވާ ބަތަލާ އެމާ ސްޓޯންގެ ކްރައިމް ކޮމެޑީ "ކްރޫއެލާ" ގެ ސީކްއެލްއެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ރިލީޒްކޮށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އޮސްކާ އެވޯޑް ހޯދާފައިވާ ބަތަލާ އެމާ ސްޓޯންގެ ކްރައިމް ކޮމެޑީ "ކްރޫއެލާ" ގެ ސީކްއެލްއެއް ހަދަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން ޑިޒްނީގެ ތަރުޖަމާން ބުނީ ފިލްމަށް ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ މީގެ ވާހަކަ އިތުރަށް ދަންމައިލަން ނިންމާފައިވާ ކަމަށެވެ. އެކަމަކު ސީކްއެލްގެ މަސައްކަތް ފަށާނެ އިރަކާއި ގެނެސްދޭނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު "ކްރޫއެލާ" ގެ ޑައިރެކްޓަރު ކްރެއިގް ޖިލެޕްސީ އާއި ސްކްރީން ރައިޓަރު ޓޯނީ މެކްނަމާރާ ދެވަނަ ބައިގައި ވެސް އެކީގައި މަސައްކަތްކުރާނެ އެވެ.

"ކްރޫއެލާ" އަކި ޑޯޑީ ސްމިތުގެ 1956 ގެ ވާހަކަ "ދަ ހަންޑްރެޑް އެންޑް ވަން ޑަމްލޭޝިއަންސް" ގެ ކެރެކްޓާއެއް ކަމަށްވާ ކްރޫއެލާ ޑި ވިލް އަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ. އެ ކެރެކްޓާ އަށް ބިނާކޮށް ލައިވް-އެކްޝަން ފިލްމެއް ގެނެސްދިން އިރު އެ ވާހަކަ އަށް ބިނާކޮށް ޑިޒްނީން 1961 ގައި އެނިމޭޓެޑް ފިލްމެއް ވެސް ގެނެސްދީފައިވެ އެވެ.

މެއި މަހުގެ 28 ގައި ސިނަމާތަކާ އެކު ޑިޒްނީ ޕްލަސް އިން ވެސް ޕްރީމިއާކުރި "ކްރޫއެލާ" އަކީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި 51.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

"ކްރޫއެލާ" ގެ ކާސްޓްގައި އެމާ ތޮމްޕްސަނާއި ޖޮއެލް ފްރައި، ޕޯލް ވޯޓާ ހައުޒާ، އެމިލީ ބީޗަމް، ކާބީ ހޮވެލް-ބެބްސްޓީ އަދި މާކް ސްޓްރޯންގް ވެސް ހިމެނެ އެވެ.