Roadha Mihaaru
ދެ ކާޓޫނެއްގެ ލައިވް އެކްޝަން ފިލްމު ހަދަނީ

"ޓޭންގުލްޑް" އާއި "ދަ ޕްރިންސެސް އެންޑް ދަ ޕްރޮގް"ގެ ލައިވް އެކްޝަން ފިލްމު ހަދަނީ

06 އޯގަސްޓް 2023

ޑިޒްނީގެ ކާޓޫނު ފިލްމުތައް ކަމަށްވާ "ޓޭންގުލްޑް" އާއި "ދަ ޕްރިންސެސް އެންޑް ދަ ފްރޮގް"ގެ ލައިވް އެކްޝަން ފިލްމެއް ހަދަން ނިންމައިފި އެވެ.

ޑިޒްނީގެ ކާޓޫނު ފިލްމުތައް ކަމަށްވާ "ޓޭންގުލްޑް" އާއި "ދަ ޕްރިންސެސް އެންޑް ދަ ފްރޮގް"ގެ ލައިވް އެކްޝަން ފިލްމެއް ހަދަން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، މި ދެ ފިލްމު އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވިޔަސް، އޭގެ މަސައްކަތް ޑިޒްނީން މިހާރު އަންނަނީ ކުރަމުންނެވެ.

ޑިޒްނީގެ ކުރީގެ ކާޓޫނުތަކަށް މިފަހުން ހެދި ލައިވް އެކްޝަން ފިލްމުތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. "ލިޓުލް މާމެއިޑް" އާއި "ޕިނޯކިއޯ" ވެސް ބެލުންތެރިންނާއި ކްރިޓިކުންނަށް ވެސް ކަމަކުނުދިޔަ އެވެ. އެ ނުރުހުން ބޮޑަށް އަމާޒުވެފައި ވަނީ ލައިވް އެކްޝަން ފިލްމުތައް ހަދާއިރު، އޮރިޖިނަލް ވާހަކައަށް ގެންނަ ބަދަލުތަކާ ގުޅިގެންނެވެ.

މިފަހުން ނެރުނު ލައިވް އެކްޝަން ފިލްމުތަކުގެ ކޮލެޓީ ދަށްވުމުން ވެސް ފާޑުކިޔުން ބޮޑުވި އެވެ.

ޑިޒްނީން ވަނީ "މޮއާނާ" އާއި "ލީލޯ އެންޑް ސްޓިކްޗު"ގެ ވެސް ލައިވް އެކްޝަން ފިލްމު ހަދަން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ.

ޑިޒްނީގެ ޕްރިންސެސް ރެޕަންޒިލްގެ ވާހަކަ ގެނެސިން "ޓޭންގުލްޑް" އަކީ 2010 ވަނަ އަހަރު ނެރުނު ފިލްމެކެވެ. އޭގެ ފަހުން އެ ފިލްމުގެ ދެ ބައެއް ގެނެސްދީފައިވެ އެވެ. އަދި 2009 ވަނަ އަހަރު ނެރުނު "ދަ ޕްރިންސެސް އެންޑް ދަ ފްރޮގް" އަކީ ޑިޒްނީގެ ޕްރިންސެސް ޓިއާނާގެ ވާހަކަ ގެނެސްދިން ފިލްމެވެ.

މި ދެ ކާޓޫނަށް ހަދާ ލައިވް އެކްޝަން ފިލްމުގެ ކާސްޓާއި ޑައިރެކްޓަރުންނާއި އެހެން ތަފުސީލެއް ވެސް އަދި ނޭނގެ އެވެ.