Roadha Mihaaru
މި އަހަރު ދެ "ޕިނޯކިއޯ" އަންނާނެ

މި އަހަރު ދެ "ޕިނޯކިއޯ" އަންނާނެ

28 ޖެނުއަރީ 2022

"ޕިނޯކިއޯ" ގެ ވާހަކަ އެއްވެސް ބަޔަކަށް އަލެއް ނުވާނެ އެވެ. މި ލަކުނޑި ޕަޕެޓް ކެރެކްޓާ މީގެ ކުރިން އެނިމޭޓެޑް ފިލްމުތަކުން ވެސް ފެނިފައިވެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ޑިޒްނީން 1940 ގައި ގެނެސްދިން އެނިމޭޓް ފިލްމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ޕިނޯކިއޯ" ގެ ވާހަކަ އެއްވެސް ބަޔަކަށް އަލެއް ނުވާނެ އެވެ. މި ލަކުނޑި ޕަޕެޓް ކެރެކްޓާ މީގެ ކުރިން އެނިމޭޓެޑް ފިލްމުތަކުން ވެސް ފެނިފައިވެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ޑިޒްނީން 1940 ގައި ގެނެސްދިން އެނިމޭޓް ފިލްމެވެ.

ޕިނޯކިއޯ އަށް ޝައުގުވެރިވާ މީހުންނަށް މި އަހަރު ޔަގީނުން ވެސް ހާއްސަ އަހަރަކަށް ވާނެ އެވެ. ސަބަބަކީ "ޕިނޯކިއޯ" ގެ ދެ ފިލްމެއް މި އަހަރު ގެނެސްދޭން ހަމަޖެހިފައި އޮތުމެވެ. މީގެ ތެރެއިން އެއް ފިލްމަކީ ޑިޒްނީ އަސްލު އެކްޓަރުންނާ އެކު ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭން އޮތް "ޕިނޯކިއޯ" އާއި ނެޓްފްލިކްސްއާ ގުޅިގެން ޑައިރެކްޓަރު ގްލިމޯ ޑެލް ޓޯރޯ ހަދަމުން އަންނަ "ޕިނޯކިއޯ" އެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ޝޭޕް އޮފް ޔޫ" ގެ ޑައިރެކްޓަރު ހަދާ ޕިނޯކިއޯ އަކީ ސްޓޮޕް-މޯޝަން އެނިމޭޓެޑް މިއުޒިކަލްއެކެވެ. މީގެ ޓީޒާއެއް ވެސް މިހާރު އާންމުކޮށްފައިވާ އިރު، ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ނިންމާފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ގްލިމޯގެ "ޕިނޯކިއޯ" އަށް މަޝްހޫރު ތަރިންތަކެއް އަަޑު ވެސް އަޅައިދެ އެވެ. އޭގެ ތެރޭގައި ބްރެޑްލީ ކޫޕާ އާއި އިވަން މެކްގްރެގާ އާއި ކޭޓް ބްލެންޝެޓާއި ކްރިސްޓޮފް ވޯލްޒާއި ޓިލްޑާ ސްވިންޓަން އަދި ޖޯން ޓަޓާރޯ ފަދަ ތަރިން ހިމެނެ އެވެ.

ޑިޒްނީން ގެނެސްދޭން މަސައްކަތްކުރާ "ޕިނީކިއޯ" އަކީ މަޝްހޫރު އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރު ރޮބަޓް ޒެމެކިސް ހަދާ އެއްޗެކެވެ. "ފޮރެސްޓް ގަމްޕް" އާއި "ކާސްޓް އަވޭ" އަދި "ވަޓް ލައިސް ބިނީތު" ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ ފިލްމުގައި ޕިނޯކިއޯ އަކީ ޗައިލްޑް އާޓިސްޓް ބެންޖަމިން އިވަން އެއިންސްވޯތެވެ. މީގެ ކާސްޓްގައި ޓޮމް ހޭންކްސް އާއި ލޫކް އިވަންސްގެ އިތުރުން ސިންތިއާ އެރިވޯ ހިމެނެ އެވެ.

ޒެމެކިސްގެ "ޕިނޯކިއޯ" ގެނެސްދޭނެ އިރެއް ހާމައެއްނުކުރެ އެވެ. ޑިޒްނީން ކުރިން ގެނެސްދީފައި ހުރި އެނިމޭޓެޑް ފިލްމުތައް، ލައިވް-އެކްޝަން ފިލްމުގެ ގޮތުގައި ގެނެސްދެމުން އަންނަ އިރު، މިހާތަނަށް ރިލީޒްކުރި މިފަދަ ބައެއް ފިިލްމުތައް ވަރަށް ކާމިޔާބެވެ. އޭގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އާއި "އަލައްދިން" އަދި "ލަޔަން ކިންގް" ފާހަގަކޮށްލެވެ އެވެ.