Roadha Mihaaru
"ލިޓްލް މާމެއިޑް" ގެ ލައިވް-އެކްޝަން 2023 ގައި

"ލިޓްލް މާމެއިޑް" ގެ ލައިވް-އެކްޝަން 2023 ގައި

12 ސެޕްޓެމްބަރ 2021

ޑިޒްނީ ގެނެެސްދޭން ނިންމާފައިވާ ކުރީގެ ކާޓޫން ފިލްމު "ލިޓްލް މާމެއިޑް" ގެ ލައިވް-އެކްޝަން ފިލްމު ގެނެސްދޭނީ 2023 ގައި ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޒްނީ ގެނެެސްދޭން ނިންމާފައިވާ ކުރީގެ ކާޓޫން ފިލްމު "ލިޓްލް މާމެއިޑް" ގެ ލައިވް-އެކްޝަން ފިލްމު ގެނެސްދޭނީ 2023 ގައި ކަމަށް ބުނެފި އެވެ.

ދެހާސް ނަވާރައިގައި އިއުލާންކުރި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މެއި 26، 2023 ގަ އެވެ.

"ލިޓްލް-މާމެއިޑް" އަކީ ޑިޒްނީން ކުރިން ގެނެސްދީފައިވާ އެނިމޭޓް ފިލްމުތައް އަސްލު އެކްޓަރުންނާއި ސީޖީއިއާ އެކު ގެނެސްދޭން ފަށާފައި އޮތް މަސައްކަތުގެ ތެރެއިން އިއުލާންކުރި ފިލްމެކެވެ. އޭގެ އެތައް ފިލްމެއް މިހާރު ވެސް ހެދުމުގެ މަރުހަލާގައި އޮތް އިރު، ބައެއް ފިލްމުތައް ގެނެސްދީގެން ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އާއި "ލަޔަން ކިންގް" އާއި "އަލައްދިން" އާއި "މުލާން" އަދި "ޑަމްބޯ" ފަދަ ފިލްމުތައް ހިމެނެ އެވެ.

"ލިޓްލް މާމެއިޑް" ހަގީގީ އެކްޓަރުންނާ އެކު ގެނެސްދޭ އިރު މީގެ ޓައިޓްލް ރޯލު އޭރިއަލްގެ ރޯލު ކުޅެނީ ހެލީ ބެއިލީ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޯނާ ހައުއާ-ކިންގް، ޑަވީޑް ޑިގްސް، ޒޭވިއާ ބާޑެން، މެލީޒާ މެކާތީ، އޯކަފީނާ އަދި ޖެކޮބް ޓްރެމްބްލޭ ހިމެނެ އެވެ.

"ލިޓްލް މާމެއިޑް" ގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2018 ގެ މިއުޒިކަލް ފެންޓަސީ ފިލްމު "މޭރީ ޕޮޕިންސް ރިޓާންސް" ގެނެސްދިން ރޮބް މާޝަލް އެެވެ.

"ލިޓްލް މާމެއިޑް" ގެ އެނިމޭޓް ފިލްމު ގެނެސްދިނީ 1989 ގަ އެވެ.