02 ޖޫން 2021
ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ވެކްސިންގެ 500،000 ޑޯޒް ހަދިޔާ ކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް ކަމަށް ދެކެވޭ ވާހަކަތައް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިރޭ ދޮގުކުރައްވައިފި އެވެ.
ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ވެކްސިންގެ 500،000 ޑޯޒް ހަދިޔާ ކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް ކަމަށް ދެކެވޭ ވާހަކަތައް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިރޭ ދޮގުކުރައްވައިފި އެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަށް 500،000 ޑޯޒް ހަދިޔާކުރުމަށް ހުށަހަޅާފައި ވަނީ ޑެލްޓާ ޝިޕިން ކުންފުނީގެ ފަރާތުން ކަމަށެވެ. އެކަމަކު އެކަމުގެ ލިޔެކިޔުންތައް ލިބުމުން ޝައްކުތަކެއް އުފެދިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބެލި ބެލުމުން އެއީ ފޭކް ޑޮކިއުމަންޓްތަކެއް ކަމަށް ރަޝިއާ ސަރުކާރުން އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ އާންމު ގޮތެއްގައި އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި މި އޮންނަނީ އެ ޕްރޮޑިއުސް ކުރާ ކުންފުނި، ނުވަތަ އެ ކުންފުންޏަކުންނޭ އެ [ވެކްސިން] ވިއްކަނީ. ދެވަނަ މެދުވެރިއެއް ނޯވެއޭ. ދެން ކުންފުނި މެދުވެރިކޮށް ސަރުކާރާއި ސަރުކާރު [ދެ ގައުމުގެ] ގުޅިގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" ނަސީމް ވިދާޅުވި އެވެ.
"ދެން ކުއްލިއަކަށް ފަސް ލައްކަ ޑޯޒް [ބަޔަކު] ދޭނެ ކަމަށް އެންގުމުން އަޅުގަނޑުމެން މި ޑޮކިއުމަންޓްތައް ފޮނުވީ ފޮރިން މިނިސްޓްރީ އަށް."
ސްޕަޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައި ވަނީ މިދިޔަ މަހު 12 ގަ އެވެ.
އެ ވެކްސިން މިހާތަނަށް ރާއްޖެ އަށް ލިބިފައި ނުވި ނަމަވެސް މިފަހުން އެ ގައުމުގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖެއިން ވެކްސިން ހޯދުމަށް ކުރާ މަސައްކަތް އަވަސްކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރާއްޖެ އިން މިހާރު ވެސް ވަނީ 1،000،000 ޑޯޒްގެ ވެކްސިން ހޯދަން އެކި ފަރާތްތަކަށް ފައިސާ ދައްކައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ އެސްޓްރާޒެނިކާ އިން 700،000 ޑޯޒް އާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން 300،000 ޑޯޒް އެވެ. ނަމަވެސް އޭގެ ތެރެއިން ލިބިފައި ވަނީ އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން 300،000 ޑޯޒް ވެކްސިން އެވެ. ބާކީ ހުރި ވެކްސިންތައް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ލުއި ނުދެވެނީ ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް
އެސްޓްރާޒެނެކާ ވެކްސިން ލިބޭނީ އަންނަ މަހު
އޮގަސްޓް މަހުގެ ނިޔަލަށް 700،000 ޑޯޒް ހަމަވާނެ
"ސްޕަޓްނިކް ވީ" ގަންނަން އުޅެނީ ހިލޭ ލިބެން އޮއްވާ!
ސްޕަޓްނިކް ވީ ވެކްސިނަށް ރާއްޖެއިން ހުއްދަދީފި
"700،000 ޑޯޒް ލިބެން ފަށާނީ އަންނަ މަހު"
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަންނަ ހޯމައާ ހަމައަށް
ކޮވިޑް ވެކްސިން ގެންނަން ސޮއިކުރި އަގެއް ހާމައެއްނުކުރި
ވެކްސިނާއެކު ރާއްޖެއަށް މި އައީ އުއްމީދު: ނަސީމް
މި މަސް ތެރޭ ކޮވިޑް ވެކްސިން ގެންނަން މަސައްކަތްކުރަނީ