21 ނޮވެމްބަރ 2016
ސްމާޓްފޯން ބެޓެރީ ޗާޖުކުރަން "ކުއިކް ޗާޖިން ޓެކްނޮލޮޖީ" ބޭނުންކުރުމަކީ ގޫގުލް އަށް ރުހެވޭ ކަމަށް ނުވެ ވެސް ދާނެ އެވެ. ކުއިކް ޗާޖިންއާ ބެހޭ ގޮތުން ގޫގުލުން ދައްކާ ވާހަކައިގެ ރާގު ހުރީ "އެންޑްރޮއިޑް ސްމާޓްފޯންތައް ކުއިކް ޗާޖަރަށް ނުޖަހާށޭ" ބުނާ ކަހަލަ ގޮތަކަށެވެ. އެކަމަކު ބޭނުންކުރާ މީހުންގެ މެދުގައި އެހާ މަގުބޫލު ކަމަކަށް، ގޫގުލް ނުރުހޭ ސަބަބަކީ ކޮބައިބާ އެވެ؟
ސްމާޓްފޯން ބެޓެރީ ޗާޖުކުރަން "ކުއިކް ޗާޖިން ޓެކްނޮލޮޖީ" ބޭނުންކުރުމަކީ ގޫގުލް އަށް ރުހެވޭ ކަމަށް ނުވެ ވެސް ދާނެ އެވެ. ކުއިކް ޗާޖިންއާ ބެހޭ ގޮތުން ގޫގުލުން ދައްކާ ވާހަކައިގެ ރާގު ހުރީ "އެންޑްރޮއިޑް ސްމާޓްފޯންތައް ކުއިކް ޗާޖަރަށް ނުޖަހާށޭ" ބުނާ ކަހަލަ ގޮތަކަށެވެ. އެކަމަކު ބޭނުންކުރާ މީހުންގެ މެދުގައި އެހާ މަގުބޫލު ކަމަކަށް، ގޫގުލް ނުރުހޭ ސަބަބަކީ ކޮބައިބާ އެވެ؟
ކުއަލްކޮމް ކުއިކް ޗާޖިން ބޭނުންނުކުރުމަށް ގޫގުލުން ބުނާ ބުނުން އަދި ވެސް ތަކުރާރުކުރެ އެވެ. އެކަމަކު ސިނާއަތުގައި އެންމެ އިތުބާރު ބޮޑު ކުއިކް ޗާޖިން މަރުކާ އަކީ ކުއަލްކޮމް އެވެ. ގޫގުލުން ބުނީ ޖެހުނުހާ ބަޔަކު ކުއިކް/ ފާސްޓް ޗާޖިން މޮޑެލްތައް ތައާރުފުކުރާ ނަމަ، އެންޑްރޮއިޑް ފޯނުތައް ފާސްޓް ޗާޖިން ނުވާ ގޮތަށް ހަދަން ޖެހިދާނެ ކަމަށެވެ. ގޫގުލުން ބުނާ އެއްޗެއް އެ އޮތީ އެނގޭށެވެ.
ގޫގުލުން ބޭނުން ވަނީ އެންޑްރޮއިޑް ފޯނުތަކުގެ ބެޓެރީ ޗާޖުކުރަން ކުއިކް ޗާޖަރު ބޭނުންކުރާއިރު، ހުރިހާ އެންމެން އެއް މިންގަނޑަކަށް ތަބާވާށެވެ. އެއީ ގޫގުލް ޕިކްސެލް ފޯނުތައް ފާސްޓް ޗާޖުކުރަން ގޫގުލުން ތައާރުފުކުރި "ޔޫއެސްބީ ޓައިޕް ސީ" ޗާޖަރުތައް ބަރޯސާކުރާ މިންގަނޑެވެ. އެކަމަކު ދެން ތާޑްޕާޓީ ކުންފުނިތަކަށް ވަނީ ކިހިނެއް ހެއްޔެވެ؟
އެ އޮޕަރޭޓިން ސިސްޓަމަކަށް ބޭނުންވާ ހާޑްވެއާގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅާނީ އޮޕަރޭޓީން ސިސްޓަމް އުފައްދާ ބައެކެވެ. އެއީ އެންޑްރޮއިޑް ނަމަ މިންއަޅާނީ ގޫގުލުންނެވެ. ވިންޑޯޒް ނަމަ މައިކްރޮސޮފްޓުންނެވެ.
އައިފޯނާއި އައިޕެޑް އަދި އައިޕޮޑް ޗާޖުކުރަން ބޭނުންކުރާ "ލައިޓްނިން ކޭބަލް" އަކީ ވެސް އެޕަލުން ވަރަށް ބޮޑަށް ބަލަހައްޓާ މިންގަނޑެކެވެ. އެޕަލުން ހުއްދަނުކުރާ ނަމަ އެ ކޭބަލެއް ބޭނުންކުރުން ބުއްދިވެރިއެއް ނޫނެވެ. އެޕަލުން ހުއްދަކުރާ ކޭބަލްތަކުގައި "މޭޑް ފޮ އައިފޯން/އައިޕޮޑް/އައިޕެޑް" (އެމްއެފްއައި) މަރުކާ ޖަހާފައި ހުރެ އެވެ.
ސްމާޓްފޯން ފާސްޓް ޗާޖިންއާ ބެހޭ ގޮތުން ގޫގުލުން އަމަލުކުރަން އެދެނީ އެޕަލްއާ ދާދި އެއް އުސޫލަކުންނެވެ. މޮބައިލް އޮޮޕަރޭޓިން ސިސްޓަމް ބަލަހައްޓާ ބަޔަކު ކަނޑައަޅާ މިންގަނޑަށް އެންމެން ތަބާވުމުން ނިމުނީ އެވެ. އެއިރުން ފާސްޓް ޗާޖަރުތައް އުފައްދާ ކުންފުންޏަކީ ކުއަލްކޮމް، އޮޕޯ އަދި ސެމްސަންގް އަށް ވުމަކުން ޖެހޭނެ މައްސަލައެއް ނޯންނާނެ އެވެ. ގޫގުލް އަށް ވެސް ޖެހޭނީ ޗާޖަރުތަކުގައި "އޯކޭ" ތައްގަނޑު ޖަހައިދޭށެވެ.
ކުއަލްކޮމް ކުއިކް ޗާޖް 5: ފުލް ޗާޖް 15 މިނެޓުން
ގޫގުލްގެ "ލޮކްޑް ފޯލްޑާ" ޕިކްސެލް ނޫން ފޯނުތަކަށް
ޕިކްސެލް 6 ސީރީޒް އެންޑްރޮއިޑް 12 އާ އެކު
ދެކުނު ކޮރެއާ އިން ގޫގުލް އަށް ބޮޑު ޖޫރިމަނާއެއް
އެންޑްރޮއިޑްގެ ދުވަސްވީ އޯއެސްތަކަށް ހިދުމަތް ކަނޑާލަނީ
ނިންޓެންޑޯގެ "ޑރ. މާރިއޯ ވޯލްޑް" ހުއްޓާލަނީ
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ
މިހާރު 3 ބިލިއަން އެންޑްރޮއިޑް ޑިވައިސް ބޭނުންކުރޭ
ވާވޭގެ އޯއެސް އަންނަ އަހަރު ސްމާޓްފޯނުތަކަށް
އެންޑްރޮއިޑް އެޕްތައް ވިންޑޯޒް 10 ގައި