Roadha Mihaaru
އެންޑްރޮއިޑްގެ ދުވަސްވީ އޯއެސްތަކަށް ހިދުމަތް ކަނޑާލަނީ

އެންޑްރޮއިޑްގެ ދުވަސްވީ އޯއެސްތަކަށް ހިދުމަތް ކަނޑާލަނީ

03 އޯގަސްޓް 2021

ދުވަސްވީ އެންޑްރޮއިޑް އޯއެސްތަކުން ގޫގުލް އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމަށް އަންގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުވަސްވީ އެންޑްރޮއިޑް އޯއެސްތަކުން ގޫގުލް އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމަށް އަންގައިފި އެވެ.

އެ ކުންފުނިން ނެރުނު ނޯޓިހުގައި ބުނީ ބޭނުން ކުރަނީ އެންޑްރޮއިޑް 2.3.7 ނުވަތަ އެއަށް ވުރެ ކުރީގެ އޮޕަރޭޓިން ސިސްޓަމް (އޯއެސް) އެއް ނަމަ އަންނަ މަހުގެ 27 އިން ފެށިގެން އެ ޑިވައިސްއަކުން ގޫގުލް އެކައުންޓަކަށް އެކްސެސްނުވެވޭނެ ކަމަށެވެ.

އެހެންވީމާ ޖީމެއިލާއި ޔޫޓިއުބާއި ގޫގުލް މެޕްސް އަށް ކުރީގެ އޯއެސްއެއް ބޭނުންކުރާ ނަމަ ލޮގިންއެއް ނުވޭނެ އެވެ. އެކަމަކު އަންނަ މަހުގެ 27 ގެ ފަހުން ވެސް އެންޑްރޮއިޑް 3.0 (ހަނީކޮމްބް) ގެ ޑިވައިސްތަކުން ލޮގިންވެވޭނެ އެވެ.

"މިކަމަކީ އަހަރެމެންގެ ކަސްޓަމަރުންގެ ރައްކާތެރި ކަމަށް ކުރާ ކަމެއް،" އަލްފަބެޓްގެ ދަށުން ހިންގާ ގޫގުލް އިން ބުންޏެވެ.

އެންޑްރޮއިޑް 2.3.7 އަކީ މިހާރު 10 އަހަރުވެފައިވާ އެއްޗެކެވެ. މިއީ އެންޑްރޮއިޑް ޖިންޖަބްރެޑް އޯއެސްގެ ހަތް ވަނަ އަދި ފަހު ވާޝަން ވެސް މެ އެވެ.