Roadha Mihaaru
ބިލް ގޭޓްސް އަށް ހެދުނު އެންމެ ބޮޑު ގޯހަކީ ކޮބާ؟

ބިލް ގޭޓްސް އަށް ހެދުނު އެންމެ ބޮޑު ގޯހަކީ ކޮބާ؟

26 ޖޫން 2019

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭނީ ލައްކަ މަސައްކަތާއި ހިތްވަރުންނެވެ. މީގެ ތެރޭގައި ގޯސްތަކެއް ހެދި، އެ ކަންކަމުން ފިލާވަޅުތައް ވެސް ލިބިފައި ހުންނާނެ އެވެ. މައިކްރޮސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބިލް ގޭޓްސް ވަނީ ވެސް ވިދާޅުވަނީ މިހާރު އޭނާ ހުންނެވި ހިސާބަށް ވަޑައިގަނެވުނީ ހެދުނު ގޯސްތަކުން އިބުރަތް ހޯއްދަވައިގެން ކުރެއްވި މަސައްކަތުން ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެގޮތުން އޭނާ އަށް މިހާތަނަށް ވިޔަފާރީގައި ހެއްދެވުނު އެންމެ ބޮޑު ގޯސް އަދި އެ ގޯހެއްގެ މަތިން އަބަދު ވެސް ހިތާމަކުރަނީ ކޮންކަމަކާ ގުޅިގެންކަން ވަނީ ހިއްސާ ކުރައްވައިފަ އެވެ.

ވިލެޖް ގްލޯބަލް އިން އިންތިޒާމުކޮށްގެން ބޭއްވި އިވެންޓެއްގައި ގޭޓްސް ވިދާޅުވީ މިހާތަނަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް ބަރޯސާވާ މޮބައިލް އޮޕަރޭޓިން ސިސްޓަމް (އޯއެސް) އެންޑްރޮއިޑް ލޯންޗްކުރަން ގޫގްލް އަށް ފަހިވާ ގޮތަށް މަސައްކަތް ކުރެވުން ކަމަށެވެ.

"އެއީ ސޮފްޓްވެއާގެ ދުނިޔޭގައި އަހަރެން އަބަދުވެސް ހިތާމަކުރާނެ ކަމެއް. އެއީ މިސްމެނޭޖްމަންޓަކުންވީ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އެކަމުގެ ސަބަބުން އަހަރެމެންނަށް ބޮޑެތި ގެއްލުންތަކެއްވި. އޭގެ އަގު 400 ބިލިއަނަށް ވުރެ ކުޑައެއް ނޫން."

ގޭޓްސް ވިދާޅުވީ މައިކްރޮސޮފްގެ ތެރޭގައި ގޯސްތަކެއް ހެދިފައި ހުއްޓަސް، އެ ކުންފުންޏަކީ އަދިވެސް އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށެވެ.

"ގޯސްތަކެއް ހުއްޓަސް ލީޑިން ކުންފުންޏެއްގެ މަގާމު ދުވަހަކު ވެސް މައިކްރޮސްފޮޓަކަށް ނުގެއްލޭ. އެހެންވީމާ އެއީ އަހަރެމެންގެ ވަރުގަދަކަން ސާބިތުކޮށް ދޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މީގެ 44 އަހަރު ކުރިން ވުޖޫދަަ އައި މައިކްރޮސޮފްޓް ވިޔަފާރީގައި ހޯދި ބޮޑެތި ކުރިއެރުންތަކާ އެކު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓްގައި 63 އަހަރުގެ ގޭޓްސް ހިމެނެނީ އޭނާގެ އަމިއްލަ މިލްކިއްޔާތުގައި ހުރި 102.9 ބިލިއަން ޑޮލަރާ އެކީގަ އެވެ.