Roadha Mihaaru
ކުއަލްކޮމް ކުއިކް ޗާޖް 5: ފުލް ޗާޖް 15 މިނެޓުން

ކުއަލްކޮމް ކުއިކް ޗާޖް 5: ބެޓެރީ ފުލް ޗާޖް 15 މިނެޓުން

29 ޖުލައި 2020

ކުއަލްކޮމް ކުއިކް ޗާޖް ޓެކްނޮލޮޖީ ބާރުވެރިކުރުވައި، "ކުއިކް ޗާޖް 5" ތައާރުފުކޮށްފި އެވެ. ކުއަލްކޮމް އިން ބުނީ ލަސްތަކެއް ނުވެ ސްމާޓްފޯނުތަކުން މި ޓެކްނޮލޮޖީ ފެންނަން ފަށާނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ކުއަލްކޮމް ކުއިކް ޗާޖް ޓެކްނޮލޮޖީ ބާރުވެރިކުރުވައި، "ކުއިކް ޗާޖް 5" ތައާރުފުކޮށްފި އެވެ. ކުއަލްކޮމް އިން ބުނީ ލަސްތަކެއް ނުވެ ސްމާޓްފޯނުތަކުން މި ޓެކްނޮލޮޖީ ފެންނަން ފަށާނެ އެވެ.

ކުއަލްކޮމް އިން ބުނި ގޮތުގައި، އެވްރެޖް ސްމާޓްފޯނެއްގެ ބެޓެރީ 15 މިނެޓް ތެރޭގައި މުޅިން ޗާޖުކުރެވޭނެ ކަމަށެވެ. މިއީ "ކުއިކް ޗާޖް 4" ވުރެ 70 ޕަސެންޓް ބާރުގަދަ ޓެކްނޮލޮޖީއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސްމާޓްފޯންތަކާ ގުޅުން ހުރި މި ފަދަ ހުރިހާ ޓެކްނޮލޮޖީ އަކީ ވިޔަފާރި އެވެ. ފޯނުތަކުގެ ބެޓެރީތައް އަވަހަށް ޗާޖްކޮށްދިނުމަކީ، އަވަދިނެތި އުޅޭ މި ފަދަ ޒަމާނެއްގައި ފައިސާ އިން އަގުނުކުރެވޭ ވަރުގެ ބޮޑު ފަސޭހައެކެވެ. އެހެންކަމުން، ހެޔޮވަރު ފައިދާއެއްގައި ފޯނުތައް ވިއްކާލުމަށް މިއީ ޝަކުވާއެއް އޮތް ކަމެއް ނޫނެވެ.

ސްމާޓްފޯން ސިނާއަތުގައި "ޗާޖިން ޓެކްނޮލޮޖީ" ގިނަވެގެން ގޮސް، ނަން ހުސްވެ އަދި ތިއަރީތައް ވަނީ ކޮޅުންލައިފަ އެވެ. އެއް ބަޔަކަށް އެއީ "ފާސްޓް ޗާޖް" އެވެ. އަނެއް ބަޔަކަށް "ކުއިކް ޗާޖް" އެވެ. "ޑޭޝް ޗާޖް"، "ވާޕް ޗާޖް"، "ވޫކް ޗާޖް"، "ސުޕާ ޗާޖް"، "ޓާބޯ ޗާޖް"، "ޕަވާ ޑެލިވަރީ" އަދި "ޕަންޕް އެކްސްޕްރެސް" އަކީ ވެސް ބެޓެރީ ޗާޖްކޮށްދިނުމަށް ހުރި ޓެކްނޮލޮޖީ އެވެ.

ކުއަލްކޮމް އިން ބުނާ ގޮތުގައި، ކުއިކް ޗާޖް 5 އީޖާދުކޮށްފައި ވަނީ ބެޓެރީ އަށް ގެންލުން ލިބިދާނެ ކަމަށް ބެލެވޭ ހުރިހާ ކަމަކަށް ވިސްނައިގެންނެވެ. ބެޓެރީ ޗާޖްކުރެވެމުން ދާއިރު، ބެޓެރީގެ ފިނިހޫނުމިނަށް ސަމާލުވުމަކީ ވެސް ކުއިކް ޗާޖް 5ގެ ސިފައެކެވެ. ސްމާޓްފޯނުގެ ބެޓެރީ ޗާޖްކުރުމުގެ ތެރޭގައި، ގެއްލިގެން ދާ ހަކަތައިގެ މިންވަރު ދަށްކުރުމާ އެކު ބެޓެރީގެ ހައިބަތަށް ބަލައި ޗާޖްކުރުން އަވަސްކުރުމަށް ޓެކްނޮލޮޖީ ހޭވަރިކޮށްފައި ވާނެ ކަމަށް ވެސް ބުނެ އެވެ.

ކުއަލްކޮމް އިން މިހެން ބުނި ނަމަވެސް، "ކުއަލްކޮމް ކުއިކް ޗާޖް" ޓެކްނޮލޮޖީ އަކީ ގޫގުލް އަދި އެޕަލް އަށް ކަމުދާ ޓެކްނޮލޮޖީއެއް ނޫނެވެ. މި ދެ ކުންފުނިން އޮޅުކޮށްގެން ގެންގުޅެނީ "ޕަވާ ޑެލިވަރީ – (ޕީޑީ)" އެވެ.

އެންޑްރޮއިޑް ސްމާޓްފޯނުތައް އުފެއްދުމުގައި ފާސްޓް ޗާޖިން ޓެކްނޮލޮޖީއެއް ހިމަނާ ނަމަ އެއީ "ޕީޑީ" ކަމަށް ވާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް، މި އަރާރުމަށް ނިމުމެއް ނައިސްދާނެތީ ވަނީ ފޯނުތައް އުފައްދާ ކުންފުނިތަކަށް އިޚުތިޔާރުކުރަން ދޫކޮށްލާފަ އެވެ. މި ޓެކްނޮލޮޖީން މާލީ ތަނަވަސްކަން ހޯދުމަށްޓަކަ އެވެ.