26 މެއި 2021
ކޮވިޑް ކޮންޓްރޯލްކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޓޫރިޒަމް ދާއިރާގެ އެންމެ ގިނަ ދުވަސްވީ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފި އެވެ.
ކޮވިޑް ކޮންޓްރޯލްކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޓޫރިޒަމް ދާއިރާގެ އެންމެ ގިނަ ދުވަސްވީ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ސަރުކާރުން ވަނީ މާލެ އާއި ކޮވިޑްގެ ބަލި ފެތުރެމުން ދާ އެހެން ރަށްރަށުގައި ލޮކްޑައުން އިއުލާނުކޮށްފަ އެވެ. މި މަހުގެ ކުރީކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ހާހަކަށް ވުރެ މައްޗަށް އަރައިފަ އެވެ.
މަޓީން ބުނީ ބަލި ކޮންޓްރޯލް ކުރުމުގައި ސަރުކާރުން އަޅާ ހުރިހާ ފިޔަވަޅުތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. ޓޫރިޒަމް ދާއިރާ އަކީ ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ، އަދި މުޅި އިގްތިސާދު ބަރޯސާވެފައިވާ އިންޑަސްޓްރީއަށް ވާއިރު ކޮވިޑްގެ ބަލިމަޑުކަމުގައި އެ ދާއިރާ އަށް ބޮޑެތި ގެއްލުންތައްވި އެވެ.
މި ސަރަހައްދުގެ ގައުމުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ އެ ގައުމުތަކުން ރާއްޖެ އަށް ޓޫރިސްޓުން އަައުން ވަނީ މަނާކޮށްފަ އެވެ. މި ވަގުތު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
އިއްޔެ ރާއްޖެ އަށް އައިސްފައި ވަނީ 1،300 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވައިލި ފަހުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވުމަށް ފަހު އަނެއްކާ މިއީ ޓޫރިސްޓުން އެންމެ މަދުން އަންނަ ދުވަސްވަރެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާ ރަނގަޅު ވާނީ ކޮވިޑްގެ ހާލަތު ކޮންޓްރޯލު ކުރުމުން ކަމަށް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ. އަދި މި ދުވަސްވަރު ޓޫރިޒަމް އެހާ ބޮޑަށް ދަށަށް ދަނީ ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެވެ.
"ޓޫރިޒަމް ކުރިއަރުވަން ރަށްފުށުގެ ގޮތްތައް ދޫކޮށްނުލާ"
މަޓީން ޓޫރިޒަމްގެ 50 އަހަރު ފާހަގަކުރަނީ
1.3 މިލިއަން ވަނަ ޓޫރިސްޓަށް ރުމޭނިއާގެ މީހެއް
މަޓީން ބުނަނީ މިއަހަރު ޓޫރިސްޓުން ނާންނާނެއޭ: ނަޝީދު
މަޓީގެ ޗެއާމަނަކަށް އަނެއްކާވެސް އެމްޔޫ މަނިކު
ޓޫރިޒަމްގެ ޕާފޯމަންސް ބަލާގޮތް ބަދަލުކުރަންޖެހޭ: މަނިކު
ޓޫރިޒަމް ކުރިއަރުވާނީ މަޓީގެ އެހީއާ އެކު: އަލީ ވަހީދު
ޓޫރިޒަމް އިންޑަސްޓްރީ ހާސްކަމެއްގެ ތެރޭގައި
ޗައިނާ މާކެޓާ މެދު ކަންބޮޑުވާ ހިސާބަކަށް އަދި ނުދޭ
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް