24 ޖޫން 2022
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އަހަރީ އާންމު ޖަލްސާ ބާއްވައި އާ ދައުރަކަން ހިންގާ ކޮމިޓީ އިންތިހާބުކޮށްފި އެވެ. މި ޖަލްސާގައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ވެސް ނިންމައިފި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އަހަރީ އާންމު ޖަލްސާ ބާއްވައި އާ ދައުރަކަން ހިންގާ ކޮމިޓީ އިންތިހާބުކޮށްފި އެވެ. މި ޖަލްސާގައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ވެސް ނިންމައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރައްވާ ބޭފުޅުން ހިންގަވާ މަޓީގެ 32 ވަނަ އަހަރީ އާންމު ޖަލްސާގައި، ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލާ ގުޅުވައިގެން ކުރަން ނިންމި ކަންކަމުގެ ތެރޭގައި ހިމެނެނީ؛
• ސެލެބްރިޓީން ބައިވެރިވެރިކޮށްގެން ހަރަކާތްތަކެއް ބޭއްވުން
• ޗެވެނިން/ސްކޮލާޝިޕް ޕާޓްނަޝިޕް ޕްރޮގްރާމެއް ހިންގުން
• މޯލްޑިވްސް ރިސޯޓް އާކިޓެކްޗާ: ފިިފްޓީ އިއާޒް އޮފް އައިލެންޑް ރިސޯޓްސްގެ ނަމުގައި މައުރޫފް ޖަމީލު ލިޔުއްވާފައިވާ ދެ ފޮތެއް އަލުން ނެރުން
• ދަ ޕައިނިއާޒް އެންޑް ޕީޕަލް ދެޓް ޝޭޕްޑް ދަ އިންޑަސްޓްރީގެ ނަމުގައި ޑރ. ޝިމާދު ސައީދު ލިޔުއްވާފައިވާ ފޮތެއް ނެރުން
• ޕްލާސްޓިކް ކުނި މަދުކޮށް ނައްތާލުމުގައި ހަރަކާތްތެރިވާ ޕާލޭ މޯލްޑިވްސްއާ ގުޅިގެން ޕްރޮގްރާމްތަކެއް ހިންގުން
މަޓީގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް މެންބަރުން ވަނީ ހޮވައިފަ އެވެ. މިފަހަރު ވެސް ޖަމިއްޔާގެ ޗެއާމަނަކަށް ހޮވީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން އެމްޔޫ މަނިކު މަޓީގެ ޗެއާމަންކަން ކުރައްވާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އެ ކުންފުނީގެ ހިންގާ ކޮމިޓީގައި ހިމެނޭ އެހެން މެންބަރުންނަކީ ވައިސް ޗެއާމަން ހަސަން އަފީފާއި ސަލާހު ޝިހާބައި ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރެވެ. މިއީ މީގެ ކުރިން ވެސް މި މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނެވެ.
އަަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ 96 މެންބަރު ބައިވެރިވި އެވެ.
"ޓޫރިޒަމް ކުރިއަރުވަން ރަށްފުށުގެ ގޮތްތައް ދޫކޮށްނުލާ"
1.3 މިލިއަން ވަނަ ޓޫރިސްޓަށް ރުމޭނިއާގެ މީހެއް
ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާލުންދޭނަން: މަޓީ
މަޓީން ބުނަނީ މިއަހަރު ޓޫރިސްޓުން ނާންނާނެއޭ: ނަޝީދު
މަޓީގެ ޗެއާމަނަކަށް އަނެއްކާވެސް އެމްޔޫ މަނިކު
ޓޫރިޒަމްގެ ޕާފޯމަންސް ބަލާގޮތް ބަދަލުކުރަންޖެހޭ: މަނިކު
ޓޫރިޒަމް ކުރިއަރުވާނީ މަޓީގެ އެހީއާ އެކު: އަލީ ވަހީދު
ޓޫރިޒަމް އިންޑަސްޓްރީ ހާސްކަމެއްގެ ތެރޭގައި
ޗައިނާ މާކެޓާ މެދު ކަންބޮޑުވާ ހިސާބަކަށް އަދި ނުދޭ
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް