Roadha Mihaaru
އެއާ އިންޑިއާގެ ފަސިންޖަރުންގެ މައުލޫމާތު ލީކުވެއްޖެ

އެއާ އިންޑިއާގެ 4.5 މިލިއަން ފަސިންޖަރުންގެ މައުލޫމާތު ލީކުވެއްޖެ

23 މެއި 2021

އެއާ އިންޑިއާގެ ޑޭޓާ އަށް ދިން ސައިބާ އެޓޭކާ ގުޅިގެން 4.5 މިލިއަން ފަސިންޖަރުންގެ މައުލޫމާތު ލީކުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެއާ އިންޑިއާގެ ޑޭޓާ އަށް ދިން ސައިބާ އެޓޭކާ ގުޅިގެން 4.5 މިލިއަން ފަސިންޖަރުންގެ މައުލޫމާތު ލީކުވެއްޖެ އެވެ.

އެކަމަކު، އެ އެއާލައިނުން ބުނީ މި މައުލޫމާތުތައް ލީކުވި ފަހުން އެ ކުންފުނީގެ ޑޭޓާތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

ލީކުވި މައުލޫމާތުތަކުގެ ތެރޭގައި ފަސިންޖަރުންގެ ނަމާއި ޕާސްޕޯޓާއި ޓިކެޓުގެ އިތުރުން ކްރެޑިޓް ކާޑުގެ މައުލޫމާތުތައް ވެސް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ އޮގަސްޓް 2011 އިން މި އަހަރުގެ ފެބްރުއަރީއާ ހަމައަށް އެއާ އިންޑިއާ އިން ދަތުރުކުރި މީހުންގެ މައުލޫމާތެވެ.

އެއާ އިންޑިއާގެ ޑޭޓާތައް ލީކުވެފައިވާކަން އެނގިފައިވަނީ މިދިޔަ ފެބްރުއަރީގަ އެވެ. އެކަން އެނގުމާއެކު، އެ އެއާލައިނުން ވަނީ ދިރާސާކުރަން ފަށައިފަ އެވެ.

އެއާ އިންޑިއާއިން ބުނިގޮތުގައި، ކަސްޓަމަރުންގެ މައުލޫމާތުގެ ރައްކާތެރިކަމަށް ވަރަށް ހާއްސަ އިސްކަމެއް ދެ އެވެ. އެހެންވެ، ކަސްޓަމަރުންގެ އަމިއްލަ މުހިއްމު މައުލޫމާތުތަކެއް ލީކުވުމުން އެ ކުންފުނިން ހިތާމަކުރެ އެވެ.

މިދިޔަ އަހަރު ވެސް އީޒީޖެޓް އެއާލައިނަށް ސައިބާ އެޓޭކެއް ކުރިމަތިވި އެވެ. އެ އެއާލައިނުގެ 9 މިލިއަން ފަސިންޖަރުންގެ މައުލޫމާތު އޭރު ލީކުވި އެވެ.