06 އޮކްޓޯބަރ 2021
ނިއު ދިއްލީ (އޮކްޓޯބަރު 6) - އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެރިރަށް ނިއު ދިއްލީގެ އޯވަ-ބްރިޖެއްގެ ދަށުގައި ތާށިވެފައިވާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، އެ ވީޑިއޯ ވައިރަލްވެއްޖެ އެވެ.
ނިއު ދިއްލީ (އޮކްޓޯބަރު 6) - އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެރިރަށް ނިއު ދިއްލީގެ އޯވަ-ބްރިޖެއްގެ ދަށުގައި ތާށިވެފައިވާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، އެ ވީޑިއޯ ވައިރަލްވެއްޖެ އެވެ.
ތާށިވެފައި ވަނީ އެއާލައިނުން ބޭނުންކުރާ ބޯޓެއް ނޫނެވެ. އަދި އެއީ އެހެން ބަޔަކަށް ވިއްކާލާފައިވާ ބޯޓެއް ކަމަށްވެ އެވެ. ބޯޓު ބްރިޖުގައި ތާށިވެފައި ވަނީ ބޯޓު ގަތް ފަރާތުން ގެންދިއުމުގެ ތެރޭގަ އެވެ.
ބްރިޖުގައި ބޯޓު ތާށިވެފައިވާ އިރު ޓްރެފިކް ދަތުރާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. ބޯޓުގެ ދެ ފިޔަގަނޑު ވަނީ ނައްޓާލައިފަ އެވެ.
ވީޑިއޯ ޓްވީޓްކުރި ނޫސްވެރިޔާ ވަނީ އެއާ އިންޑިއާގެ ބަޔާނެއް ވެސް ޝެއާކޮށްފަ އެވެ. އެ ބަޔާނުގައި އެއާ އިންޑިއާ އިން ބުނެފައި ވަނީ އެ ބޯޓާ އެ އެއާލައިނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
#WATCH An @airindiain plane ✈️ (not in service) got stuck under foot over bridge. Can anyone confirm the date and location?
— Ashoke Raj (@Ashoke_Raj) October 3, 2021
The competition starts now? pic.twitter.com/pukB0VmsW3
"މިއީ އެއާ އިންޑިއާގެ ބޯޓެއް ނޫން. އެ ބޯޓު ވަނީ ވިއްކާލާފައި. އެ ބޯޓު ގެންގޮސްފައި ވަނީ ބޯޓު ގަތް ޕާޓީން. އެއާ އިންޑިއާއާ އެ ބޯޓާ އެއްވެސް ގޮތަކުން ގުޅުމެއް ނެތް،" އިންޑިއާގެ ގައުމީ އެއާލައިނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދިއްލީ އެއާޕޯޓުގެ އޮފިޝަލަކު ޓައިމްސް އޮފް އިންޑިއާ އަށް ވިދާޅުވީ އެއީ ދިއްލީ އެއާޕޯޓުގެ ފްލީޓުގައި ހިމެނޭ ބޯޓެއް ނޫން ކަމަށެވެ. އަދި އެ ބޯޓު ގެންދިއުމުގައި ޑްރައިވަރު ގޯހެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޯޓު ތާށިވެފައިވާ ވީޑިއޯ ޓްވިޓާ އާއި ޔޫޓިއުބުން ވަނީ އެތައް ހާސް ފަހަރަކު ބަލައިފަ އެވެ. ގިނަ މީހުންގެ ސުވާލަކީ އެ ބޯޓު ބްރިޖް ދަށުގައި ތާށިވީ ކީއްވެތޯ އެވެ.
ބައެއް މީހުން ބުނި ގޮތުގައި އެ ބޯޓު ބްރިޖް ދަށުގައި ތާށިވެފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަނެއް ބަޔަކު ބުނި ގޮތުގައި ބޯޓު ގެންދިއުމުގެ ކުރިން ރޫޓް ޗެކް ކުރަން ޖެހޭނެ އެވެ.
ޓާޓާ: އެއާއިންޑިއާ ވޯލްޑް ކްލާސް އެއާލައިނަކަށް ހަދާނެ
ގެއްލުމާއެކު ހިންގި އެއާ އިންޑިއާ ޓާޓާއަށް ވިއްކާލައިފި
ރާއްޖެ އަށް އެއާ އިންޑިއާގެ ދަތުރުތައް އަލުން ފަށަނީ
ވާލެއް ފެނި އެއާ އިންޑިއާގެ ބޯޓެއް އަނބުރާ ޖައްސައިފި
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
އެއާ އިންޑިއާގެ ފަސިންޖަރުންގެ މައުލޫމާތު ލީކުވެއްޖެ
ސްޕައިސް ޖެޓްގެ ބޭރުގައި ސޯނޫގެ ފޮޓޯ
އަންނަ ހަފުތާގައި އެއާ އިންޑިއާގެ ދަތުރުތައް ފަށަނީ
ނުކުމެވުނީ އިމަޖެންސީ ދޮރަކުން: ސަލާމަތްވި މީހެއް
އެއާއިންޑިއާގެ ބޯޓެއް ކެރަލާއަށް ޖައްސަނިކޮށް ވެއްޓިއްޖެ