27 ޖެނުއަރީ 2020
ނިއު ދިއްލީ (ޖެނުއަރީ 27) - ގެއްލުމުގައި މިހާރު ހިންގާ އިންޑިއާގެ ގައުމީ އެއާލައިނުގެ ހުރިހާ ހިއްސާއެއް ވިއްކާލުމަށް އިންޑިއާ ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.
ނިއު ދިއްލީ (ޖެނުއަރީ 27) - ގެއްލުމުގައި މިހާރު ހިންގާ އިންޑިއާގެ ގައުމީ އެއާލައިނުގެ ހުރިހާ ހިއްސާއެއް ވިއްކާލުމަށް އިންޑިއާ ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.
އެއާ އިންޑިއާ އެއްކޮށް ވިއްކާލަން ސަރުކާރުން ނިންމީ މީގެ ކުރިން އެ އެއާލައިނުގެ ބޮޑު ހިއްސާއެއް ވިއްކާލުމަށް އިއުލާންކޮށް، ނަމަވެސް ޝައުގުވެރިވާނެ ފަރާތެއް ނުލިބިފައި ވަނިކޮށެވެ.
ގާތްގަނޑަކަށް އަށް ބިލިއަން ޑޮލަރުގެ ދަރަންޏެއް އޮތް އެއާލައިނުން ވަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ތެޔޮ ގަތުމަށް ވެސް ދަތިވެފަ އެވެ. އިންޑިއާގެ އޮފިޝަލުން ދާދި ފަހުން ވިދާޅުވެފައި ވަނީ އެއާލައިން ގަންނާނެ ބަޔަކު ނުލިބިއްޖެ ނަމަ ގައުމީ އެއާލައިން ހުއްޓާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އިންޑިއާގެ އޭވިއޭޝަން މިނިސްޓަރު ނޮވެމްބަރު މަހު ވިދާޅުވެފައި ވަނީ އެއާ އިންޑިއާ ޕްރައިވެޓައިޒް ނުކުރެވިއްޖެ ނަަމަ ދެން ނުހިންގޭނެ ކަމަށެވެ. އިންޑިއާ ސަރުކާރުގެ ތެޔޮ ކުންފުނިން ވެސް ވަނީ އެއާ އިންޑިއާ އަށް ތެޔޮ ވިއްކުން އޮގަސްޓް މަހުން ފެށިގެން ހުއްޓާލައިފަ އެވެ. ނަމަވެސް ސަރުކާރުން މަޝްވަރާކޮށްގެން އަލުން ވަނީ ތެޔޮ ވިއްކަން ފަށައިފަ އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ލިޔުންތަކުގައި ބުނެފައިވާ ގޮތުން އެއާ އިންޑިއާގެ 100 ޕަސެންޓް ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުން އަންނަ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރިން އިނީޝަލް ސަބްމިޝަން ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ޑޮކިއުމެންޓުގައިވާ ގޮތުން އެއާލައިން ގަންނަ ބަޔަކު ގާތްގަނޑަކަށް 3.26 ބިލިއަން ޑޮލަރުގެ ދަރަންޏަކާ ހަވާލުވާން ޖެހޭނެ އެވެ.
އެއާ އިންޑިއާގެ 76 ޕަސެންޓް ހިއްސާ ވިއްކާލުމަށް 2018 ވަނަ އަހަރު ވެސް އިއުލާން ކުރި އެވެ. ނަމަވެސް އެ އަހަރުގެ މެއި 31 އަށް މުއްދަތު ހަމަވި އިރު ހިއްސާ ގަންނަން އެއްވެސް ބަޔަކު ހުށަހަޅައިފައެއް ނުވެ އެވެ.
އެއާ އިންޑިއާ ގަންނަން އެއްވެސް ފަރާތަކުން ޝައުގުވެރި ނުވީ، ތަޖްރިބާކާރުން ބުނާ ގޮތުގައި، ސަރުކާރުން ހުށަހަޅާ ޝަރުތުތައް ބޮޑުވުމުންނެވެ. އެއާލައިން ވިއްކާލަން ކުރާ މައިގަނޑު އެއް ޝަރުތުގެ ތެރޭގައި ގަންނަ ފަރާތަކުން އެއާލައިނުގެ 27،000 މުވައްޒަފުންނާ ހަވާލުވާން ޖެހެ އެވެ. އިންޑިއާގެ ގައުމީ އެއާލައިނަށް 2007 ވަނަ އަހަރުން ފެށިގެން ފައިދާވެފައެއް ނުވެ އެވެ. އެއާ އިންޑިއާ ގަންނަ ބަޔަކު އެ އެއާލައިންގެ ބޮޑު ދަރަންޏާ ވެސް ހަވާލުވާން ޖެހެ އެވެ.
އެއާ އިންޑިއާގެ ހިއްސާ ގަންނަން އިންޑިއާގެ ޓާޓާ ގްރޫޕާއި ސިންގަޕޫރު އެއާލައިންސް އަދި އިންޑިގޯ އިން ކުރިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އެއާ އިންޑިއާގައި 146 މަތިންދާ ބޯޓު އޮވެ އެވެ. މީގެ ތެރޭން 56 ޕަސެންޓް ބޯޓަކީ އެއާލައިނުގެ އަމިއްލަ ބޯޓު ފަހަރެވެ.
އިންޑިއާގައި 1932 ވަނަ އަހަރު އުފެއްދި އެއާލައިނުގެ މާކެޓް ހިއްސާ ގެއްލި ދަރަނީގައި ހިންގާތާ އެތައް އަހަރެއް ވެއްޖެ އެވެ.
1932: ވިޔަފާރި ވެރިޔާ ޖޭއާރްޑީ ޓާޓާ، ޓާޓާ އެއާލައިންސް އުފެއްދެވި
1946: ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް އެއާ އިންޑިއާގެ ނަމަށް ބަދަލުކުރި
1948: އެއާލައިނުގެ 49 ޕަސެންޓް ހިއްސާ އިންޑިއާ ސަރުކާރުން ގަތް
1953: އެއާ އިންޑިއާ އަކީ ގައުމީ އެއާލައިނުގެ ގޮތުގައި ސަރުކާރުން ހަމަޖެއްސި
2007: ޑޮމެސްޓިކް ދަތުރުކުރާ އިންޑިއަން އެއާލައިންސް އާއި އެއާ އިންޑިއާ މާޖްކުރި
2008-2007: އެއާ އިންޑިއާ އަށް 334 މިލިއަން ރުޕީސް (4.6 މިލިއަން ޑޮލަރު) ގެ ގެއްލުންވި
2018: އެއާލައިނުގެ 76 ޕަސެންޓް ވިއްކާލަން އިއުލާންކުރި ނަމަވެސް އެއްވެސް ބަޔަކު ޝައުގުވެރިއެއް ނުވި
2019: އެއާ އިންޑިއާ އަށް 12.8 ބިލިއަން ރުޕީސްގެ ގެއްލުންވި
ޓާޓާ: އެއާއިންޑިއާ ވޯލްޑް ކްލާސް އެއާލައިނަކަށް ހަދާނެ
ގެއްލުމާއެކު ހިންގި އެއާ އިންޑިއާ ޓާޓާއަށް ވިއްކާލައިފި
އެއާ އިންޑިއާގެ ބޯޓެއް ބްރިޖެއްގެ ދަށުގައި ތާށިވެފައި!
ރާއްޖެ އަށް އެއާ އިންޑިއާގެ ދަތުރުތައް އަލުން ފަށަނީ
އެއާ އިންޑިއާގެ ފަސިންޖަރުންގެ މައުލޫމާތު ލީކުވެއްޖެ
އަންނަ ހަފުތާގައި އެއާ އިންޑިއާގެ ދަތުރުތައް ފަށަނީ
ނުކުމެވުނީ އިމަޖެންސީ ދޮރަކުން: ސަލާމަތްވި މީހެއް
އެއާއިންޑިއާގެ ބޯޓެއް ކެރަލާއަށް ޖައްސަނިކޮށް ވެއްޓިއްޖެ
ވޫހާން ދިޔަ އެއާ އިންޑިއާގެ ކްރޫންނަށް މޯދީގެ ތައުރީފް
ކުޅަނދުރާ ހެދި އެއާ އިންޑިއާގެ ބޯޓެއް ޑިލޭވެއްޖެ