Roadha Mihaaru
ވޫހާން ދިޔަ އެއާ އިންޑިއާގެ ކްރޫންނަށް މޯދީގެ ތައުރީފް

ވޫހާން އިން އިންޑިއާ އަދި ދިވެހިން ގެނެއި އެއާ އިންޑިއާގެ ކްރޫންނަށް މޯދީގެ ތައުރީފް

20 ފެބުރުއަރީ 2020

ނިއު ދިއްލީ (ފެބްރުއަރީ 20) - ކޮރޯނާވައިރަސް އެންމެ ވަރުގަދަ އަށް ފެތުރެމުން ދިޔަ ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވެރިރަށް ވޫހާން ސިޓީގައި ތިބި އިންޑިއާގެ 68 މީހުންނާއި ހަތް ދިވެހިން އަނބުރާ އިންޑިއާ އަށް ގެންގޮސްދިނުމުގައި އެހީތެރިވި އެއާ އިންޑިއާގެ ކްރޫންނަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތައުރީފް ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގައުމީ އެއާލައިނުގެ ކްރޫންނަށް ތައުރީފް ކުރައްވައި އަދި މޯދީ ސޮއިކުރައްވައި ކޮންމެ ކްރޫއަކަށް ވަކިން ފޮނުއްވި ލިޔުން އޭވިއޭޝަން މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ ވަނީ، ނިއު ދިއްލީގައި ބޭއްވި ރަސްމިއްޔާތުގައި ހަވާލުކޮށްދީފަ އެވެ.

ވޫހާން އަށް ދިޔަ އެއާ އިންޑިއާގެ ބައެއް ކްރޫންނާ އެކު އެއާލައިނުގެ އިސްވެރިން ފޮޓޯއަކަށް އެތުރިގެން. --ފޮޓޯ:ޕީޓީއައި

ވޫހާން އަށް ދިޔަ އެއާ އިންޑިއާގެ ބައެއް ކްރޫންނާ އެކު އެއާލައިނުގެ އިސްވެރިން ފޮޓޯއަކަށް އެތުރިގެން. --ފޮޓޯ:ޕީޓީއައި

ވޫހާންގައި ތިބި އިންޑިއާ މީހުން ގެންނަން އެއާ އިންޑިއާގެ ޖަމްބޯ ބީ747 ގެ ފުރަތަމަ ބޯޓު ވޫހާން އަށް ދަތުރު ކުރީ ޖެނުއަރީ 31 ވަނަ ދުވަހު އެވެ. އެ ބޯޓުން އިންޑިއާގެ 324 މީހުން ދިއްލީ އަށް ގެންދިޔަ އެވެ. ފެބްރުއަރީ 1 ވަނަ ދުވަހު ވޫހާން އަށް ދިޔަ ބީ747 ގެ ބޯޓުން 323 އިންޑިއާ މީހުންނާއި ހަތް ދިވެހިން ދިއްލީ އަށް ގެންދިޔަ އެވެ.

"އެއާ އިންޑިއާ އަކީ އަބަދުވެސް ފަސްޓް ކްލާސް އެސެޓެއް. މިއަދު އެއީ ބައިނަލްއަގުވާމީ 42 އަދި ޑޮމެސްޓިކް 82 މަންޒިލަކަށް ދަތުރުކުރާ އެއާލައިނެއް،" އޭވިއޭޝަން މިނިސްޓަރު ޕޫރީ ވިދާޅުވި އެވެ.

ވޫހާން އަށް ދިޔަ އެއާ އިންޑިއާގެ ކްރޫންގެ އަގު ވަޒަން ކުރުމުގެ ރަސްމިއްޔާތުގައި އެއާލައިނުގެ އިސްވެރިން. --ފޮޓޯ:އެއާ އިންޑިއާ

ވޫހާން އަށް ދިޔަ އެއާ އިންޑިއާގެ ކްރޫންގެ އަގު ވަޒަން ކުރުމުގެ ރަސްމިއްޔާތުގައި އެއާލައިނުގެ އިސްވެރިން. --ފޮޓޯ:އެއާ އިންޑިއާ

އެއާ އިންޑިއާގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓާ ރަޖީބް ބަންސަލް ވިދާޅުވީ އެއާ އިންޑިއާ އަކީ ގައުމީ އެއާލައިނަށްވީ ހިނދު އެއާލައިން ޚިދުމަތް ކުރާނީ ވެސް ގައުމީ ކަންކަމުގައި ކަމަށެވެ.

"އެއީ އެއާ އިންޑިއާގެ ޑީއެންއޭ،" އޭނާ ވިދާޅުވި އެވެ.

ވޫހާން އިން އިންޑިއާ އަށް ގެންދިޔަ މީހުން އެއާ އިންޑިއާގެ މަތިންދާ ބޯޓުގައި. --ފޮޓޯ:އެންޑީޓީވީ

ވޫހާން އިން އިންޑިއާ އަށް ގެންދިޔަ މީހުން އެއާ އިންޑިއާގެ މަތިންދާ ބޯޓުގައި. --ފޮޓޯ:އެންޑީޓީވީ

ބަންސަލް ވިދާޅުވީ ވޫހާން އިން މީހުން ގެނައުމުގައި ބައިވެރިވި އެއާ އިންޑިއާގެ 68 ކްރޫންނަށް ޝުކުރުގެ ލިޔުން ލިބުނު ނަމަވެސް އެ އޮޕަރޭޝަނުގައި އެއާލައިނުގެ އެތައް ބައެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ.

އެއާ އިންޑިއާގެ ޗީފް މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުކުރު ދުވަހު އިސްތިއުފާ ދެއްވި އަޝްވާނީ ލޯހާނީ ވިދާޅުވީ ވޫހާން އަށް ދާން ކްރޫން ޝޯޓްލިސްޓްކުރި އިރު ދަތުރުނުކުރެވޭނެ ކަމަށް އެއްވެސް ކްރޫއަކު ބުނެފައި ނުވާ ކަމަށެވެ.