Roadha Mihaaru
އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް ސަސްޕެންޑުކޮށްފި

އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް ސަސްޕެންޑުކޮށްފި

21 މެއި 2021

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު އެކަން ހުއްޓާލައިލުމަށް ފަހު ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ ސަލަފު ޖަމިއްޔާގެ މެމްބަރު އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް މިރޭ ސަސްޕެންޑުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު އެކަން ހުއްޓާލައިލުމަށް ފަހު ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ ސަލަފު ޖަމިއްޔާގެ މެމްބަރު އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް މިރޭ ސަސްޕެންޑުކޮށްފި އެވެ.

އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓް ސަސްޕެންޑްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އަލީ ރަމީޒު ބުނީ، އޭނާގެ ޓްވިޓާ އެކައުންޓް ވަގުތީ ގޮތުން ސަސްޕެންޑް ކުރިކަން އެނގިފައިވާ ކަމަށާއި، އެކައުންޓް އަލުން ހޯދަން ލިޔެފައިވާނެ ކަމަށެވެ. އަދި ޓްވިޓާ އިން އެ ފިޔަވަޅު އެޅީ ކީއްވެގެން ކަން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓުވިޓާއިން އެ އެކައުންޓް ހުއްޓުވިއިރު، އަލީ ރަމީޒަށް ފޮލޯކުރާ 28،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ.

އޭނާގެ އެކައުންޓް މި ހުއްޓުވީ އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، މާލެ ކައިރި ކަނޑުގެ ސަރަހައްދުތަކުގައި އަޑުއުފުލި ހަރަކާތުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ޝެއާކުރި ފަހުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭ ބައެއް ރަށްރަށުގައި ބޭއްވި އެއްވުންތަކުގެ ފޮޓޯތައް ވެސް ހިއްސާކުރި އެވެ.

މިދިޔަ ރޯދަ މަހުގެ ފަހު 10 އިން ފެށިގެން އިޒުރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، އަލީ ރަމީޒް ވަނީ ސޯޝަލް މީޑިއާގެ ދެ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކާއި ޓުވިޓާގައި ވެސް ވަރަށް ގިނަ ވާހަކަތައް ދައްކައިފަ އެވެ.