06 ސެޕްޓެމްބަރ 2023
ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް (ޓްވިޓާ) އެކައުންޓް ސަސްޕެންޑުކޮށްފި އެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް (ޓްވިޓާ) އެކައުންޓް ސަސްޕެންޑުކޮށްފި އެވެ.
ފޮރުވިގެން ތިބެ، ތުހުމަތު އަޅުވައި އަބުރުކަތިލަން ޓުވިޓާގައި ބޭނުންކުރަމުން އަންނަ އެކައުންޓްތަކުގެ ތެރެއިން ކުރުސީ ފާޅުވީ 2022ގަ އެވެ. ނަޝީދުގެ ޝަހުސިއްޔަތާއި ސިޔާސަތުތަކަށް ތާއީދުކޮށް ގިނަ ޓުވީޓްތަކެއް ކުރި އެ އެކައުންޓުން ވަނީ އެމަނިކުފާނުގެ ދިފާއުގައި ވެސް ގިނަ ވާހަކަތަކެއް ފަތުރައިފަ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް އެ އެކައުންޓު މެދުވެރިކޮށް އައީ ނަޝީދުގެ ތާއީދާ އެކު އުފެއްދެވި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ތާއީދު ހޯދަން ވެސް މަސައްކަތްކުރަމުންނެވެ.
ގިނަ ބަޔަކު ފޮލޯ ކުރަމުން އައި އެ އެކައުންޓުން ވަނީ ސަރުކާރަށާއި އިލްޔާސްއާ ވާދަކުރާ ކެންޑިޑޭޓުންނަށް ބޮޑެތި ތުހުމަތުތައް އަމާޒުކޮށްފަ އެވެ.
އެކައުންޓު ސަސްޕެންޑުކޮށްފައިވަނީ އެކްސްގެ މިންގަނޑުތަކާ ހިލާފުވެގެން ކަމަށް ބުންޏަސް އެއީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް އެނގޭކަށް ނެތެވެ.
ކުރުސީގެ އެކައުންޓުން އެންމެ ފަހުން ފަތުރުވަމުންދިޔައީ ރައްޔިތުންގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭ ޑީއެންއާރުގެ ޑޭޓާތަކެއް ސަރުކާރުން ވަގަށް ނަގާފައި ކަމަށް ތުހުމަތުކޮށްފައިވާ ސްކްރީންޝޮޓުތަކެކެވެ.
ކުރުސީގެ އެކައުންޓު ހިންގަވަނީ ނަޝީދު ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، އެކަން އެމަނިކުފާނު ވަނީ ދޮގުކުރައްވައިފަ އެވެ. އަދި އެކަން ސާބިތުކުރަން، އެ އެކައުންޓުގެ ފަހަތުގައި ހުރި މީހަކު ހޯދަން ނަޝީދު ވަނީ ފުލުހުންނަށް ވެސް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށިކަން ވެސް އެނގިފައި ވެ އެވެ.
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ
އެކްސްގައި ލައިކް ދޭ މީހުން ނުފެންނަ ގޮތް ހަދައިފި
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
އެކްސްގައި ހެޑްލައިން ނުފެންނަ ގޮތް ހަދައިފި
ދޮގު ޚަބަރު ރިޕޯޓްކުރެވޭ ފީޗާ އެކްސް އިން ނަގައިފި
"އެކްސް" އިން އެންމެންގެ އަތުން ފީ ނަގަން ފަށަނީ
"ޓްވިޓާ" ގައި ބްލޮކްކުރާ ފީޗާ އުވާލަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި
ދުވާލަކު ޓުވީޓް ކިޔޭ މިންވަރު ލިމިޓްކޮށްފި
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ