19 މެއި 2021
މަސް ދޯންޏެއްގައި ހިނގި ހަމަނުޖެހުމެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ބަންގްލަދޭޝްގެ މީހަކު މިދިޔަ މާޗު މަހު މަރުވި މައްސަލައިގައި ދައުވާކޮށްފި އެވެ.
މަސް ދޯންޏެއްގައި ހިނގި ހަމަނުޖެހުމެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ބަންގްލަދޭޝްގެ މީހަކު މިދިޔަ މާޗު މަހު މަރުވި މައްސަލައިގައި ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ދ. މީދޫ "ޖިހާދު" ދޯނީގައި މަސައްކަތްކުރި މުހައްމަދު ޝާހީނަށް ވަޅިން ހަމަލާދީ މަރައިލި މައްސަލައިގައި، މުހައްމަދު މަސްއޫދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ދައުވާކޮށް، މި މަހުގެ ފަސް ވަނަ ދުވަހު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މާޗު، 7 ގައި ހިނގި ހާދިސާއާ ގުޅިގެން، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސްއޫދުގެ މައްޗަށް ދައުވާކުރަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ތ. ގުރައިދޫ ކައިރީގައި ދޯނި އޮއްވައި ހިނގި ހަމަނުޖެހުމުގައި ޝާހީނަށް ޒަހަމްވުމުން ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް ފަރުވާ ދެމުންދަނިކޮށް އެ ދުވަހުގެ މެންދުރު 11:59 ހާއިރު އެ މީހާ ވަނީ މަރުވެފަ އެވެ. އެ މައްސަލައާ ގުޅިގެން އޭރު 42 އަހަރުގެ ފިރިހެނަކު ހައްޔަރު ވެސް ކުރި އެވެ. ހަމަލާ ދިންއިރު ދޯނީގައި ތިބި 12 މީހުންގެ ތެރެއިން އަށް މީހުންނަކީ ބިދޭސީންނެވެ.
ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލުމުން ހައިކޯޓަށް
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
ޒަޔާންގެ މަރު: ހަތަރު ކުޑަކުއްޖަކަށް ދައުވާކޮށްފި
އަލަމްގީރް ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި
އަނބިމީހާގެ ގަޔަށް ވަޅިހެރީ ނިދާފައި އޮއްވައި
މަހްމޫދް މެރުމުގެ ދައުވާ ސާލިމްގެ މައްޗަށް ސާބިތުވެއްޖެ
ޑޮލަރު ވިއްކި ބިދޭސީ އަތުން ގިނަ އަދަދެއްގެ ބޭރުފައިސާ
"އިސް ދެ މީހުންނަށް ކުށް ސާބިތުވުމަކީ ކާމިޔާބީއެއް"
ފަސް ކިލޯގެ ޑްރަގް އެތެރެ ކުރުން ސާބިތެއް ނުވި