19 މެއި 2021
ޕެރިސް (19 މެއި) - ހަ އަހަރަށް ފަހު، ރެއާލް މެޑްރިޑްގެ ފޯވަޑް ކަރީމް ބެންޒެމާ ފްރާންސްގެ ގައުމީ ޓީމަށް ނަގައިފި އެވެ.
ޕެރިސް (19 މެއި) - ހަ އަހަރަށް ފަހު، ރެއާލް މެޑްރިޑްގެ ފޯވަޑް ކަރީމް ބެންޒެމާ ފްރާންސްގެ ގައުމީ ޓީމަށް ނަގައިފި އެވެ.
އެންމެ ފަހުން ފްރާންސްގެ ގައުމީ ޓީމަށް ބެންޒެމާ ނެގީ 2015 ވަނަ އަހަރެވެ. ބެންޒެމާ އަށް ގައުމީ ޓީމުން ދެން ފުރުސަތު ނެތް ކަމަށް، ކުރިން ބުނި ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕްސް ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
""އަހަރެމެން ބައްދަލުކޮށް ވަރަށް ގިނަ އިރު ވާހަކަ ދެއްކިން އަދި އަހަރެން ވަރަށް ބޮޑަށް ވިސްނާފަ ނިންމީ މި ގޮތަށް ނިންމަން،" ބެންޒެމާ އަލުން ޓީމަށް ނަގަން ނިންމުމާ ގުޅޭ ގޮތުން ޑެޝޯމްޕްސް ބުންޏެވެ.
"އަހަރެންވެސް ބޭނުންވި އެ ވާހަކަ ދައްކަން. އޭނާ [ބެންޒެމާ] ވެސް ބޭނުންވި އެ ވާހަކަ ދައްކަން. އަހަރެން ބޭނުން ނުވީ ހާއްސަ މައްސަލައެއް ނަގައިގެން އުޅެން. ފްރާންސް އަކީ އަހަރެންގެ ޓީމެއް ނޫން. ފްރާންސް ޓީމުގެ މަސްލަހަތު އެހެން ހުރިހާ ކަމަކަށްވުރެ މަތިވާނެ."
މި ސީޒަންގައި ބެންޒެމާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލަލީގާގައި ކުޅުނު 32 މެޗުގައި އޭނާ ވަނީ 22 ގޯލް ޖަހައި އިތުރު އަށް ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.
ޑެޝޯމްޕްސް ވަނީ، ޔުވެންޓަސްގެ މިޑްފީލްޑާ އެޑްރީއަން ރަބިއޯ އަށް ވެސް އަލުން ސްކޮޑުން ފުރުސަތު ދީފަ އެވެ.
ބެންޒެމާ އަށް ފްރާންސްގެ ގައުމީ ޓީމުން ފުރުސަތު ނުދޭން ޑެޝޯމްޕްސް އެންމެ ފުރަތަމަ ނިންމީ 2016ގަ އެވެ. ބެންޒެމާ އަށް ޓީމުން ފުރުސަތު ނުލިބުނީ ފްރާންސްގެ ކުރީގެ މިޑްފީލްޑަރ މެތިއު ވަލްބުއޭނާ ބްލެކްމެއިލް ކުރި މައްސަލައިގައި ބެންޒެމާގެ ބައިވެރިވުމެއް އޮތުމުންނެވެ.
މިދިޔަ އަހަރު ބެންޒެމާގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ކޯޓަށް ވެސް ފޮނުވި އެވެ. އެހެން ނަމަވެސް އޭނާ އަށް ކުރާ ތުހުމަތުތައް ބެންޒެމާ ދޮގު ކުރެ އެވެ.
ބެންޒެމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
މެކްރޯންގެ ދައުވަތު ބެންޒެމާ ގަބޫލެއް ނުކުރި
ބެންޒެމާ ގަތަރަށް ދާން ރެއާލްގެ މައްސަލައެއް ނެތް
ބެންޒެމާ އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ
ބެންޒެމާ ޖަލަށްލާން ފްރާންސްގެ ކޯޓަކުން ހުކުމްކޮށްފި
ޔޫރޯގެ ކުރިން ބެންޒެމާ އަށް އަނިޔާވެއްޖެ
ބެންޒެމާ އާއެކު ފްރާންސްގެ ޖާޒީގެ ޑިމާންޑް ބޮޑު ވެއްޖެ
ފަސް އަހަރު ފަހުން ބެންޒެމާގެ މައްސަލަ ބަލަނީ
ބެންޒެމާ އަށް ފްރާންސުން ފުރުސަތު ދޭން ކޯޗު ތައްޔާރު
ފްރާންސްގެ ވޯލްޑް ކަޕް ތަރި ވަރާން ރިޓަޔާކޮށްފި