Roadha Mihaaru
ފަސް އަހަރު ފަހުން ބެންޒެމާގެ މައްސަލަ ބަލަނީ

ފަސް އަހަރު ފަހުން ބެންޒެމާގެ މައްސަލަ ބަލަނީ

08 ޖެނުއަރީ 2021

ޕެރިސް (ޖެނުއަރީ 8) - އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތްކުރިކަމަށް ކަރިމް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލަ ފަސް އަހަރު ފަހުން ބަަލަން ނިންމައިފި އެވެ.

ޕެރިސް (ޖެނުއަރީ 8) - އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތްކުރިކަމަށް ކަރިމް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލަ ފަސް އަހަރު ފަހުން ބަަލަން ނިންމައިފި އެވެ.

އަންހެނަކާއި ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން އޭނާ އަށް ބިރު ދައްކައި ލާރި ހޯދަން މަސައްކަތްކުރިކަމުގެ ތުހުމަތު އެންމެ ފުރަތަމަ ބެންޒެމާ އަށް ކުރީ 2015 ވަނަ އަހަރު އެވެ. އޭރު ވަރަށް ގަދަޔަށް އެ ވާހަކަތައް ދެކެވި ބެންޒެމާ ފްރާންސް ގައުމީ ޓީމުން ބާކީކުރި ނަަމަވެސް ރަސްމީ ހައިސިއްޔަތަކުން މައްސަލަ ބަލާފައިނުވެ އެވެ. އެކަމަކު އިއްޔެ ފްރާންސްގެ ޕްރޮސެކިއުޓަރުން ބުނީ ވަރަށް އަވަހަށް ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ކަމަށެވެ.

ބެންޒެމާގެ އިތުރުން ހަތަރު މީހަކަށް މި މައްސަލައިގެ ތުހުމަތުކުރެވޭއިރު، އެ މީހުންގެ މައްސަލަ ވެސް ވަރަށް އަވަހަށް ކޯޓުގައި ތާވަލުކުރެވިގެން ކުރިއަށްދާނެ އެވެ. ބެންޒެމާ އަށް ތުހުމަތުކުރެވެނީ ބެލްކްމެއިލްކުރާ މީހާ ލައްވައި ވަލްބުއޭނާ އަށް ގުޅައި ބިރު ދެއްކުމުގެ އިތުރުން މިކަން ރޭވުމުގައި އިސްކޮށް އޭނާ އުޅޭ ކަމުގެ ތުހުމަތެވެ.

ފްރާންސްގެ މެޗެއްގެ ތެރެއިން ބެންޒެމާ (ކ) އާއި ވަލްބުއޭނާ.-- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ މެޗެއްގެ ތެރެއިން ބެންޒެމާ (ކ) އާއި ވަލްބުއޭނާ.-- ފޮޓޯ: އޭއެފްޕީ

އުމުރުން 33 އަހަރުގެ ބެންޒެމާ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މައްސަލަ ބަލަން ފެށުމަކީ މިއީ އަނެއްކާ ވެސް މިކަމުގައި ކުރިއަށްދާނެ އިތުރު ޑްރާމާއެއް ކަމަށެވެ. ބެންޒެމާ ކުޅެމުން އަންނަ ރެއާލުން މިކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުމެއްނުވި އެވެ.

މިކަންތައްތައް ހިނގާދިޔައިރު ބެންޒެމާ އާއި ވަލްބުއޭނާ އަކީ ބްރެޒިލްގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފްރާންސް ޓީމުގެ ދެ މެމްބަރުންނެވެ. އެކަމަކު މި މައްސަލަ ފެންމަތިވުމަށް ފަހު 2015 ވަނަ އަހަރުގެ ފަހުން މި ކުޅުންތެރިންނަށް ފްރާންސް ސްކޮޑުން ފުރުސަތު ނުލިބެ އެވެ.

ބެންޒެމާ ފްރާންސް ޓީމަށް 81 މެޗު ކުޅެދީފައިވާއިރު، ވަލްބުއޭނާ ވަނީ 52 މެޗު ކުޅެދީފަ އެވެ.

ބެންޒެމާގެ ވަކީލު ސިލްވައިން ކޯމިއޭ ބުނީ ބެންޒެމާގެ މި މައްސަލަ ކޮންމެވެސް ދުވަހަކުން ބަލާނެ ކަމުގެ އުއްމީދު އޮތް ކަމަށާއި އެކަމަކު ބެންޒެމާގެ ކެރިއަރުގައި އޭނާ ރަނގަޅު ފޯމެއްގައި ހުރި މި ދަނޑިވަޅުގައި ކުއްލިއަކަށް މި މައްސަލަ ބަލަން ތާވަލުކުރަން އުޅުމުގެ އެހެން ބޭނުމެއް އޮންނާނެ ކަމަށެވެ.