Roadha Mihaaru
މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފި

މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފި

18 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލަންވީ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މައްސަލަ ބަލަމުން އަންނައިރު އެ ތަނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލަންވީ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މައްސަލަ ބަލަމުން އަންނައިރު އެ ތަނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ، މަޖިލިހުގެ އިދާރާ އަށް ތްރެޓެއް އޮތް ކަމުގެ މައުލޫމާތު ލިބުމުން އެ އިމާރާތާއި އެ ތަނުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ.

"މިވަގުތު ހާލަތަށް ބަލައި ސެކިއުރިޓީގެ ކަންކަން ދަނީ ދަމަހައްޓަމުން،" އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމުގެ އިންޒާރުދީ، މީހަކު ކުރި ކޮމެންޓެއްގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައުމުން ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

ފުލުހުން މިއަދު ބުނިގޮތުގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުން ދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާ އަށް ފަހު ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި އޭގެ ފަހުން ސިފައިންނާއި ފުލުހުން އަންނަނީ ޓެރަރިޒަމާ ދެކޮޅަށް ކުރިއަށް ވުރެ ބޮޑަށް ފާރަވެރިވި މައްސަލަތައް ބަލަމުންނެވެ.