Roadha Mihaaru
ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް އަންނަ މަހު ލުއިދެނީ

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް އަންނަ މަހު ލުއިދެނީ

17 މެއި 2021

ދެކުނު އޭޝިއާ ޓޫރިސްޓުންނަށް އަންނަ ޖޫން މަހުގެ ކުރީކޮޅު ރާއްޖެ އަންނަން ލުއި ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދެކުނު އޭޝިއާ ޓޫރިސްޓުންނަށް އަންނަ ޖޫން މަހުގެ ކުރީކޮޅު ރާއްޖެ އަންނަން ލުއި ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މި މަހުގެ 11 ވަނަ ދުވަހު ސައުތު އޭޝިއާގެ ޓޫރިސްޓުންނަށް ވިސާ ދޫކުރުން ހުއްޓާލަން ނިންމި ނިންމުން މި މަސް ނިމުމުގެ ކުރިން ރިވިއު ކުރާނެ ކަމަށެވެ. އަދި ބޭނުން ވަނީ އަންނަ މަސް ފެށޭއިރު މި ސަރަހައްދުގެ ޓޫރިސްޓުންނަށް ލުއިތަކެއް ދިނުން ކަމަށް ވެސް އެ ޓްވީޓުގައި ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި ޓްވީޓް--

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ވިސާ ދޫކުރުން މެދުކަނޑާލީ އެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. އަދި ވިސާ މެދުކަނޑާލާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދެކުނު އޭޝިއާގެ ޓޫރިސްޓުން އައުން މަޑުޖައްސާލި ނަމަވެސް ރާއްޖޭގެ ޓޫރިޒަމް އެހާ ބޮޑު އަސަރެއް ނުކުރާނެ އެވެ. ނަމަވެސް އިންޑިއާއަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށްވާތީ އެ މާކެޓުން ބޮޑު އަސަރެއް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.