Roadha Mihaaru

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ގައި

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ބާއްވަން ނިންމައިފި އެވެ.

އެސްޓީއޯ އަހަރީ އާއްމު ޖަލްސާ މި މަހު 31 ގައި
އިދުހާމް ނައީމް
އިދުހާމް ނައީމް

16 މެއި 2021

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ބާއްވަން ނިންމައިފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާ ކުރިއަށްދާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ކަމަށެވެ. މިހާރު ވަނީ މި ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ.

މި ޖަލްސާގައި ރަޖިސްްރީވާން ބޭނުންވާ ހިއްސާދާރުންނަށް agm.sto.mv މެދުވެރިކޮށް މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ އެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 127 މިލިއަން ރުފިޔާ އެވެ.