ބ. ކެންދު އާއި އެ އަތޮޅު ގޮއިދޫގައި މި އަހަރު ފަގީރަކު ނެތުމުން، ފިތުރު ޒަކާތުގެ ގޮތުގައި އެ ދެ ރަށުން ލިބުނު ފައިސާ އެ އަތޮޅު ތުޅާދޫގެ ފަގީރުންނަށް ހަދިޔާކޮށްފި އެވެ.
14 މެއި 2021
ބ. ކެންދު އާއި އެ އަތޮޅު ގޮއިދޫގައި މި އަހަރު ފަގީރަކު ނެތުމުން، ފިތުރު ޒަކާތުގެ ގޮތުގައި އެ ދެ ރަށުން ލިބުނު ފައިސާ އެ އަތޮޅު ތުޅާދޫގެ ފަގީރުންނަށް ހަދިޔާކޮށްފި އެވެ.
ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި ކެންދޫން ޒަކާތުގެ ގޮތުގައި ލިބުނު 18،341.23 ހަދިޔާކޮށްފައިވާއިރު ގޮއިދޫން ލިބުނު 10،298.56 ވަނީ އެ ރަށަށް ހަދިޔާކޮށްފަ އެވެ.
ތުޅާދޫން ޒަކާތު ފައިސާގެ ގޮތުގައި ލިބުނީ 32،570ރ. އެވެ.
ތުޅާދޫގަައި މިއަހަރު ފަގީރުންގެ ގޮތުގައި 33 މީހަކު އެބަ ތިއްބެވެ. ޒަކާތު ފައިސާގެ ގޮތުގައި ލިބުނު ޖުމްލަ 61،209ރ. އެ އެންމެންގެ މެދުގައި ބެހެމުން ބޮލަކަށް ޖެހެނީ 1854ރ. އެވެ.
ކެންދު އާއި ގޮއިދޫން ވެސް މި އަހަރުގެ ފަގީރުންގެ ލިސްޓުގައި ޖެހުމަށް އެކަކު ފޯމު ލާފައިވެ އެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީންް ބަލާ މިންގަނޑުތަކަށް ބެލުމަށް ފަހު، އެ މީހުންނަކީ ފަގީރުން ކަމަށް ކަނޑައަޅައިފައި ނުވާ ކަމަށް ދެ ރަށު ކައުންސިލުން ބުނެފައިވެ އެވެ.
ރަށުގައި ފަގީރުން ނެތުމުން ކެންދޫ އާއި ގޮއިދޫން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ތުޅާދު އަށް ހަދިޔާކުރިިއިރު މީގެ ކުރިން ވެސް އެ އަތޮޅުގެ ބައެއް ރަށްތަކުގައި ފަގީރުން ނެތިމުން މިގޮތަށް ލިބޭ ފައިސާ އެހެން ރަށްރަށަށް ހަދިޔާކޮށްފައިވެ އެވެ.
ނ. ބ، އަދި ހިންނަވަރަށް ރައީސް ފުރާވަޑައިގެންފި
އޭދަފުށީން ފަގީރަކަށް 7000 އަށް ވުރެ ގިނަ ރުފިޔާ
ޒަކާތު ފަންޑުން ސްކޮލަޝިޕަށް ހުޅުވާލަނީ
މިއީ ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު
ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކުރަނީ
ފަގީރުންނަށް އެއް ހަމައަަކުން ޒަކާތް ބަހަނީ
ފުރަތަމަ 20 ދުވަހު ޒަކާތަށް 7.6 މިލިއަން ރުފިޔާ
ފުރަތަމަ 10 ދުވަހު ޒަކާތަށް 2.9 މިލިއަން ރުފިޔާ
ހޮނިހިރުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނާނެ
ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ދެއްކޭނެ