މިއަދު ފާހަގަކުރާ މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން ވަރަށް ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ފަށައިފި އެވެ.
13 މެއި 2021
މިއަދު ފާހަގަކުރާ މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން ވަރަށް ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ފަށައިފި އެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓުވިޓާ ގައި #EidMomentsMv މި ހޭޝްޓެގް ބޭނުން ކޮށްގެން އީދުގެ މަންޒަރުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ ޝެއާ ކުރެވޭނެ އެވެ. މިގޮތަށް ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި ފަސް މީހަކު ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނަސީބުވެރި މީހަކަށް ސެމްސަންގް ގެލެކްސީ އެސް 21+ ފޯނެއް ދިރާގުން ދޭނެ އެވެ. ދެން ހޮވޭ ހަތަރު މީހަކަށް މުސްހަފަކާއެކު ތަސްބީހައަކާއި ރީތި މުސައްލައެއް ލިބޭނެ އެވެ.
މި ހަރަކާތް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިއަށް ގެންދާއިރު، އެ ދުވަހުގެ ރޭގަނޑު 11.59 ގެ ކުރިން ސޯޝަލް މީޑިއާގައި ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރެވޭނެ އެވެ.
މި އަހަރުގެ އީދު ދުވަސް ވެސް ގޭގައި ތިބެގެން، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު ފާހަގަކުރަން ޖެހުނަސް، އީދުގެ އުފަލާއި މަޖަލުގައި ހުރިހާ ދިވެހިން ވެސް ބައިވެރިވާނެ ކަމަށް ކުރާ ދިރާގުން އުންމީދުކުރެ އެވެ.
ކޮވިޑް-19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ހިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ.
ދިރާގު-އާކް ގުޅިގެން އީދު ދުވަހު ކާބޯތަކެތި ދެނީ
ދިރާގުން ވަގުތީ ހިޔާތަކަށް އީދު ސައި ދީފި
ދިރާގުން މި އަހަރު ވެސް ކުޑަކުދިންނަށް އީދު ހަދިޔާދީފި
ދިރާގު ހަދިޔާ: ސޯޝަލްމީޑިއާ ހިލޭ، ޚާއްސަ ޑޭޓާ ޕެކޭޖް
ދިރާގުން އީދު ހަދިޔާ ބަހައިފި
ދިރާގުން އީދު ހަދިޔާ ބަހައިފި
ވެހިކަލް ދުއްވުން މަނާކުރި އެންގުން ބާތިލްކޮށްފި
ދިރާގުން އީދަށް ސަޔާއި ހަދިޔާ ދީފި
ހުޅުމާލޭގައި މިރޭ ޑްރޯން ޝޯއެއް، ހަވާ ވެސް އަރުވާނެ
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި