13 މެއި 2021
ދައުލަތުގެ ތެރެއިން 2012 އިން ފެށިގެން މި ސަރުކާރު އައުމާ ހަމަޔަށް ހިންގާފައިވާ ކޮރަޕްޝަންތަކާއި ވައްކަމުގެ މައްސަލަތައް ބަލައި ދައުލަތަށް ގެއްލިފައިވާ ފައިސާ އާއި މުދާ އަނބުރާ ހޯދުމަށް އުފެއްދި އެސެޓްސް ރިކަވަރީ ކޮމިޝަންގެ ތަހުގީގު ލަސްވެ، ކޮމިޝަންގެ ތަހުގީގަށް ބޭނުންވާ މުހިންމު ބައެއް ލިޔެކިޔުންތައް ކުންފުނިތަކުން ލިބުމަށް ގާނޫނީ ހުރަހެއް ކުރިމަތިވެފައިވާކަން އެނގިއްޖެ އެވެ.
ދައުލަތުގެ ތެރެއިން 2012 އިން ފެށިގެން މި ސަރުކާރު އައުމާ ހަމަޔަށް ހިންގާފައިވާ ކޮރަޕްޝަންތަކާއި ވައްކަމުގެ މައްސަލަތައް ބަލައި ދައުލަތަށް ގެއްލިފައިވާ ފައިސާ އާއި މުދާ އަނބުރާ ހޯދުމަށް އުފެއްދި އެސެޓްސް ރިކަވަރީ ކޮމިޝަންގެ ތަހުގީގު ލަސްވެ، ކޮމިޝަންގެ ތަހުގީގަށް ބޭނުންވާ މުހިންމު ބައެއް ލިޔެކިޔުންތައް ކުންފުނިތަކުން ލިބުމަށް ގާނޫނީ ހުރަހެއް ކުރިމަތިވެފައިވާކަން އެނގިއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެކި ކުންފުނިތައް މެދުވެރިކޮށް ލޯންޑަކުރި ކަމަށް ތުހުމަތުކުރެވޭތީ އާއި އެކި ގޮތްގޮތުން ކުންފުނިތައް މެދުވެރިކޮށް އެމްއެމްޕީއާރްސީގެ ފައިސާގެ މުއާމަލާތްތައް ހިންގާފައިވާ ކަމަށް ބެލެވޭތީ ކުރާ ތަހުގީގުތަކަށް ކޮމިޝަނުން އަންނަނީ އެ ދުވަސްވަރުގެ ބައެއް ލިޔެކިޔުން ހުށަހަޅަން އަންގަމުންނެވެ.
ނަމަވެސް މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނުގައި ބުނާ ގޮތުން ޓެކްސް އިންވޮއިސް، ރަސީދު ކްރެޑިޓް ނޯޓް އަދި ޑެބިޓް ނޯޓް ފަދަ ތަކެތި ނައްތާނުލައި ބަހައްޓަންޖެހޭ ގާނޫނީ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. ކޮމިޝަނުން ތަހުގީގުކުރާ ބައެއް މައްސަލަތަކަކީ މިހާރު ފަސް އަހަރު ވެގެން ގޮސްފައިވާ މައްސަލަތަކަށް ވާތީ އޭރުގެ މުހިންމު ލިޔެކިޔުންތައް ނެތް ކަމަށް ބުނެގެން ވެސް ކުންފުނިތަކަށް މިހާރު ފިޔަވަޅެއް އެޅެން ނެތް ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ.
"ކޮމިޝަން އުފައްދައިފި ވެރިކަން ފެށުމާ އެކު 2018 ވަނަ އަހަރު ނޮވެމްބަރު މަހު. ކޮމިޝަނުން ތަހުގީގުކުރަން މެންޑޭޓްގައި އޮތީ 2012 ނޮވެމްބަރުން 2018 ނޮވެމްބަރު 17 އަށް ހިނގާފައިވާ ކަންކަން. އެހެންވެ މި މުއްދަތުގެ ތެރެއިން ބައެއް މައްސަލަތަކަށް މިހާރު ފަސް އަހަރު ވެއްޖެ. ބައެއް ކުންފުނިތަކުގެ މައްސަލަތައް ބަލަން ފެށީ މި ބުނާ ފަސް އަހަރު ތެރޭ ކުރެވެން އޮއްވައި މާ ފަހުން،" ކޮމިޝަންގެ ބައެއް ތަހުގީގުތަކާ ބެހޭ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ބައެއް ކުންފުނިތަކަށް ކޮމިޝަނުން ފޮނުވާފައިވާ ބައެއް ސިޓީތައް "މިހާރު" އަށް ފެނިފައިވެ އެވެ. އެ ސިޓީތަކުގައި 2014 އަދި 2015 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތްތަކާ "ސީދާ ގުޅުން ހުރި ލިޔެކިޔުންތައް" ތަހުގީގަށް ހުށަހަޅަން ބުނެފައިވެ އެވެ.
"ލިޔެކިޔުންތައް ހުއްޓަސް ނެތޭ ބުނެގެން ވެސް ސަލާމަތް ވެވޭނެ. އެއީ ހުންނަން ޖެހޭ އެއްޗެހި ކަމަށް ފަސް އަހަރު ފަހުން އައިސް ނުބުނެވޭނެ،"
އެސެޓް ރިކަވަރީ ކޮމިޝަންގެ ގަރާރަކުން ކަނޑައަޅާފައިވާ ގޮތުގައި މައްސަލައާ ސީދާ ގުޅުން ހުރި ލިޔެކިޔުންތަކުގެ ގޮތުގައި ބަލާނީ ޕޭމަންޓް ވައުޗާ، ޕޭމަންޓް ރިސީޓް، ޗެކް، ޗެކް ކައުންޓަ ފޮއިލް، ޑިޕޮސިޓް ސްލިޕް، ޓްރާންސެކްޝަން ރިސީޓް އަދި ބޭންކް ސްޓޭޓްމަންޓެވެ.
މި މައްސަލާގައި "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވީ ކޮމިޝަނަށް ވަގުތު ލިބި އެކަމަކު މާ ބޮޑަށް ލަސްވެގެން ދިއުމުން ގާނޫނީ ވަރަށް ބޮޑު ބާރެއް މިހާރު އެ އޮތީ ގެއްލިފައި ކަމަށެވެ.
"ލިޔެކިޔުންތައް ހުއްޓަސް ނެތޭ ބުނެގެން ވެސް ސަލާމަތް ވެވޭނެ. އެއީ ހުންނަން ޖެހޭ އެއްޗެހި ކަމަށް ފަސް އަހަރު ފަހުން އައިސް ނުބުނެވޭނެ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޝަންގެ މެންޑޭޓުގައި ވަކި މުއްދަތެއްގައި ހިނގި ކަންކަން ބެލުމަށް ބާރު ދީފައި ވިޔަސް އެއީ އެހެން ގާނޫނަކުން ކަނޑައަޅާފައިވާ މުއްދަތެއް އިސްތިސްނާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާ ގުޅޭ އެތައް މައްސަލައެއް ކޮމިޝަނުން ބަލަން ޖެހިފައި ވާއިރު އެ މަސައްކަތް ލަސް ކަމުގެ ޝަކުވާ ބޮޑެވެ. ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ކޮމިޝަނުން އިއްޔެ އާންމުކުރި ލިސްޓުގައި ވެސް، ކޮމިޝަނުން މިހާތަނަށް އެއްވެސް ސުވާލެއް ނުކުރާ އެތައް ބަޔަކު ހިމެނޭތީ އެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.
ލޯ ލާރިއެއް ވެސް ރިކަވާ ނުވެ، 10 މިލިއަން ބޭކާރު!
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
ރަށްތައް ވިއްކައިގެން 4 ބިލިއަން ރުފިޔާ ލިބެން ޖެހޭ
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
"އަޅުގަނޑުގެ ހައްގުގައި މަގުމަތީ ތިބެން ކެރެންޖެހޭނެ"
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް